ފާހާނާއަށް ފޯނު ވައްދައިގެން ގިނައިރު ވަންދެން ފާހާނާ ތަށިމަތީގައި ފޯނާ ކުޅެން އިނުމަކީ އަހަރުމެންގެ ތެރޭގައި ވެސް އާލާވަމުން އަންނަ ނުރަނގަޅު އާދަ އެކެވެ.
މިއީ މާ ބޮޑު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ނުދެކޭ ނަމަވެސް ސިއްހީ މާހިރުން މިވަނީ އެއީ ތި ހީކުރާ ވަރަށްވުރެ ނުރައްކާ ކަމެއް ކަމުގެ އިންޒާރު ދީފަ އެވެ.
ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި މާ ގިނައިރު ވަންދެން ހަށިގަނޑު ކުރިއަށް ލަނތްބައިގެން އިށީނދެގެން އިނުމަކީ މައިބަދައިގެ ނާރުތަކަށް ބާރުބޮޑުވެ އެ ނާރުތައް ބެދެން މަގުފަހިވާ ކަމެކެވެ.
އެގޮތުން އެ ގޮތަށް މާ ގިނައިރު އިށީނދެގެން އިންނަނަމަ ސްޕައިނަލް ޓިޝޫތަކަށް ލޭ ދައުރުވުން ހުއްޓި ސްޓްރޯކް ޖެހުން ފަދަ ކަންކަމަށް މެދުވެރިވެ އެވެ.
މީގެ ކުރިން އެ ގޮތަށް ގިނައިރު ވަންދެން ފާހާނާ ތަށިމަތީގައި ފޯނާ ކުޅެން އިން މީހަކު ވަގުތީ ގޮތުން "ޕެރަލައިޒް"ވި ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ.
އެހެން ކަމުން ބުރަކަށި ސީދާ ކޮށްގެން ގިނަވެގެން 10 މިނެޓާއި 15 މިނެޓާ ދެމެދުގެ ވަގުތެއް ފާހާނާގައި ހޭދަކުރަން މާހިރުން ލަފާދެ އެވެ.
ސީއަޕީގެ އަގުބޮޑުކޮށް، ރިސޯޓުތަކުގެ ވެހިކަލްތަކުން 24،000 ޑޮލަރު
"ޕްރިޒަވޭޓިވްސް"އިން ކެންސަރަށް މަގުފަހިވޭ: ދިރާސާ
އެމެރިކާއިން ވެނެޒުއެލާގެ އިތުރު ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި