ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގެ މައްސަލާގައި ސަރުކާރުން އެދުނު ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްދީފި އެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު އައިކް އަހްމަދު އީސާ އާއި އިބްރާހީމް ޝިޔާމް ހުށަހެޅި މައްސަލާގައި ވަނީ މިހާރު މި ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރުން 5 މަހާއި 27 ދުވަސް އުނިވާކަން ނޭނގޭ ގޮތަށް އޮތް އެ ސުވާލު އޮތުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު:
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
ވަކީލުން ވިދާޅުވީ މި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަން ނިންމާ ނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާތީ ކަމަށެވެ. އެހެންވެ، އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރު ކުރަން ރައްޔިތުންނަށް ފެނޭތޯ ވެސް ސުވާލުކުރަން ޖެހޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަކީ ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ބައްޓަން ކުރާނެ ގޮތާއި ތަފްސީލީ އެހެން އިޖުރާއަތެއް ވެސް ހިމެނޭ މާއްދާއެއް ނޫން ކަމަށެވެ.
އެ ތަފްސީލް ބަޔާންކޮށްފައި ވަނީ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ގާނޫނުގައި ކަމަށާއި އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އިން އެނގޭ ގޮތުގައި، ހިޔާލު ހޯދުމުގެ ވޯޓެއްގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހޭނެ ކަމަށް ހުކުމްގައިވެ އެވެ.
ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ހިމެނޭ ބިލެއް ތަސްދީގުކުރުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ވެސް ހުށަހަޅާ ސުވާލުގައި އެއް ކަމަށް ވުރެ ގިނަ ކަންކަމަށް ވޯޓަށް އެހޭ ގޮތަށް ސުވާލުކުރުމަށް ހުއްދަ ކޮށްފައިވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.
އުއްތަމަފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި އަބްދުﷲ ހަމީދާއި އަލީ ރަޝީދު ހުސައިންގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު ހިއްސާގެ ބާޒާރުގެ މާކެޓް މަތި!
އާމިރު ޚާން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ސަބަބު!
އެމެރިކާގެ ބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
