ޒަމާނީ ތާރީހުގައި މިހާތަނަށް ފެންނާނެ އެންމެ ބޮޑު އަސްކަރީ ކުރިމަތިލުމާ ދުނިޔެ ބައްދަލުކުރަން މަދު ގަޑިއިރުތަކަކަށް ވެފައިވާ ކަމަށް ބޭރުގެ މަސްދަރުތަކުން އިންޒާރު ދީފި އެވެ. މި ނުރައްކާތެރި ހާލަތުގެ ސަބަބުން ސަރަހައްދުގެ ހަކަތަ އުފައްދާ ހުރިހާ މަރުކަޒުތަކެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
މި ކުރިމަތިލުމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއްކަށްވާ "ބާބުލް މަންދަބު" ކަނޑުއޮޅި ބަންދުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ. މީގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު އިގްތިސާދީ އަދި އިންސާނީ ކާރިސާ އުފެދިގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
މިފަދަ ނުރައްކާތެރި ދަރަޖައަކަށް މަސްރަހު ގޯސްވެގެން ގޮސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ބުއްދިވެރިކަމެއް ނެތް މޮޔަ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. މި ހާލަތުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ވަނީ ނުރައްކަލެއްގެ ތެރޭގަ އެވެ.
ކުރިއަށް އޮތް ގަޑިއިރުތަކަކީ މުޅި ދުނިޔޭގެ ސަމާލުކަން މި ސަރަހައްދަށް ހުއްޓިފައިވާ ވަގުތުތަކެކެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ކުރިމަތިލުން ހިނގައިފިނަމަ އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރާނެ އެވެ.
ބްރެޑްއާއި އެންޖެލީނާގެ ދަރިފުޅު ޝިލޮހްގެ މިއުޒިކް ވީޑިއޯއެއް!
އައިވީއެފް ބޭބީގެ ތަފާތެއް ހުރޭތަ؟
އުދުހޭއިރު އިޔާޝާ ވަރަށް އުފާވޭ!