އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރެވުނީ ޕާޓީގެ އާންމު މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށާއި ޕާޓީގެ އާންމު މެންބަރުންގެ އެންމެ ބޮޑު އެދުމަކީ ޕާޓީ ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިއުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޝާހިދު ވިދާޅުވީ، ޕާޓީގެ ދެ ރައީސުން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަކީ ޕާޓީގެ މެންބަރުންނާއި، ޕާޓީއަށް ތާއީދުކޮށް ވޯޓުދިން މީހުން ޕާޓީއަށް އިތުބާރު ކުރާނެ ހަމައެކަނި ގޮތް ކަމަށެވެ. މިއީ ޕާޓީގެ އެތެރޭގެ ބަދަހިކަން ދެމެހެއްޓުމަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"ޕާޓީގެ ދެ ރައީސުން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަކީ ޕާޓީގެ މެންބަރުންނާއި، ޕާޓީއަށް ތާއީދުކޮށް ވޯޓުދިން މީހުން ޕާޓީއަށް އިތުބާރު ކުރާނެ ހަމައެކަނި ގޮތް. މިއީ ޕާޓީގެ އެތެރޭގެ ބަދަހިކަން ދެމެހެއްޓުމަށް މުހިންމު ކަމެއްގެ." އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
މީގެ ކުރިން ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ "އެއްފަހަރު ބައިވެ ބޮނޑި ބޮވިއްޖެ" ކަމަށާއި، އެކަން ދެން ތަކުރާރު ނުކުރުމަށް އިލްތިމާސް ކުރައްވާކަމަށެވެ.
"ދެން އެ ތަކުރާރު ނުކުރަމާތޯ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ސިޔާސީ މަޝްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ ޕާޓީގެ މުސްތަގުބަލަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާގެ މެސެޖުގައި ބާރުއަޅުއްވާފައިވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ށ. ފުނަދޫގައި ހެލްތު ކޭމްޕެއް
ހުސައިން ދީދީ އާއި އަސްބާހު މަގާމުން ވަކިކޮށްފި