ވޮޝިންގްޓަން (03 މެއި)- އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ގެ ރިޔާސަތުގައި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބް ވިދާޅުވެއްޖެ އެވެ.
ރާާބް މިހެން ވިދާޅުވީ އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އާއެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ރައީސް ބައިޑަން ވެރިކަމަށް އަރާވަޑައިގެންނެވި ފަހުން އަދި ވީ އެންމެ 100 އެއްހާ ދުވަސް ކަމަށް ވިޔަސް މޫސުމަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ ސިއްހަތުގެ އިތުރުން އިންސާނީ ހައްގުތައް ފަދަ މުހިއްމު ދާއިރާތަކުން ފާހަގަކޮށްލެވޭ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރާބް ވިދާޅުވެފައި ވެއެވެ.
އަދި މި ފިޔަވަޅުތަކަކީ އިގިރޭސި ވިލާތުން މަރުހަބާކިޔާ ފިޔަވަޅުތަކެއްކަމަށް ބުނަމުން ރާބު އިތުރަށް ވިދާޅުވީ އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި އިގިރޭސި ވިލާތުގެ ފުރިހަމަ އެއްބާރުލުން އެމެރިކާ އަށް ލިބޭނެ ކަމަށެވެ.
ފާއިތުވި ޖެނުއަރީ މަހު ވެރިކަމަށް އަރާވަޑައިގެންނެވި ޖޯބައިޑަންގެ ސަރުކާރަށް ދާދިފަހުން 100 ދުވަސް ފުރިފައިވާއިރު އެ މުނާސަބަތުގައި ރައީސް ދެއްވި ޚިތާބުގައި ކުރިއަށް އޮތް ތަނުގައިވެސް އެ ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.-- ރޮއިޓާސް
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
އިނގިރޭސި ބޮޑުވަޒީރުގެ ނަމްބަރު އިންޓަނެޓްގައި!
އެެމެރިކާ އަލުން ހަރަކާތްތެރިވާން ފަށައިފި