ނިމިދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން ބަލިވި އާޝިޔަތު އަލައިކާ އަދުނާނަށް ރައީސް މުހައްމަދު މުއިއްޒު ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި އެވެ.
އެނގިފައިވާގޮތުގައި ރައީސް މުއިއްޒު، އަލައިކާއަށް ދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމެވެ.
ނިމިދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އަލައިކާ ވާދަކުރެއްވީ މާލޭ ސިޓީ އަންހެނުންގެ ކޮމިޓީގެ ރައީސް ކަމުގެ މަގާމަށެވެ. ބޮޑުތަފާތަކުން އަލައިކާ ބަލިކޮށް އެ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ރީޝާ އެވެ.
އަލައިކާ އަކީ ފުރަތަމަ އެމްޑީޕީގެ މެންބަރެވެ. އެ ޕާޓީން ވަކިވެ އޭނާ ފުރަތަމަ ގުޅުނީ ދަ ޑިމޮކްރެޓްސްއާ އެވެ. އޭގެފަހުން އޭނާ ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިފަ އެވެ.
އަލައިކާ އަކީ ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ގަދަ ހޫނުގެ ސަބަބުން މާބަނޑު މީހުނާއި ތުއްތު ކުދިންނަށް ނުރައްކާ
އުމުރު ދުވަހުގެ ހުކުމެއްގައި ހުރި ޑްރަގު ޑީލަރަކު މިނިވަންކޮށްފި
