ސަރުކާރު ޖަވާބުދާރީކުރުވަން ގުޅިގެން މަސައްކަތް ކުރުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމައި ރައީސް ޔާމީން ވިދާޅުވީ އެ ތިން ބޭފުޅުން އެކުގައި މަސައްކަތް ކުރަން ނިންމެވީ ހިޔާލުތަފާތުވުންތައް އެއްފަރާތް ކުރެއްވުމަށްފަހު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިހާރު ރާއްޖޭގެ ކަންކަން ހުރި ގޮތުން ގައުމު މިވަނީ ވިހި އަހަރު ފަހަތަށް ގޮސްފައި ކަމަށެވެ. އަދި ތިން ރައީސުން އެކުގައި ނޫސްވެރިންގެ ދިފާއުގައި ނުކުތުމަކީ ނޫސްވެރިން އުފާކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިއީ ރިޔާސީ އިންތިހާބުގެ ވާހަކަދައްކަން ޖެހޭ ވަގުތެއް ނޫން ކަމަށާއި އެންމެ ބޮޑު މަސްލަހަތަކީ ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެކުގައި ނުކުމެވަޑައިގަތީ ތިން ބޭފުޅުންގެ ވެރިކަން ވެސް އެންމެ ރަނގަޅުނޫން ކަމަށް ގަބޫލުކޮށްގެން ކަމަށެވެ.
ތިން ރައީސުންގެ އެއްބަސްވުމުގައި ފާހަގަކުރެވުނު ކަންކަން
- މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ނޫސްވެރިން ޖަލަށް ލުން
- ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލުން
- ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވުން
- ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގަނެފައިވީ ނަމަވެސް އެކަންކަން އިސްލާހުކުރުމަށް ސަރުކާރު ނުކުޅެދުން
- ރައްޔިތުންގެ މުދާ އަމާނާތްތެރިކަމާ އެކު ބެލެހެއްޓޭ ކަމުގެ އިތުބާރު ގެއްލުން
- ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދިޔުން
އީރާނާ މެދު އޮތް ކެތްތެރިކަން ކޮޅުންލައިފި: ޓްރަމްޕް
ތަފާތު ފަންނީ ކަންކަމުގައި އުޅޭނަމަ "މުސްކުޅިވުން" ލަސްވޭ: ދިރާސާ

ކުރީގެ ތިންރައީސުން ބައްދަލުކުރައްވައި ގައުމަށް ފާއިދާވާނެ ގޮތްތަކަށް ގުޅިވަޑައިގެން މަސައްކަތް ފައްޓަވައި ދެއްވުމަކީ ރައްޔިތުންނަށް ލިބޭނޭ ވަރަށްބޮޑު ހިތްވަރެއް،ވަކިން ކާއްސަކޮށް ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ގައުމުގެ ގިނަކަންކަން 1978 ގެ ވެސް ފަހަތަށް ސޮއްސާލައިގެން ދާތަން ބައްލަވަން ނުތިއްބަވައި ތިންރައީސުން ތިޔަދެއްވި ހިތްވަރަށް ސާބަސް ދަންވަނަވަން ޖެހޭ..
ރިޕްލައި