ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ގެއްލުމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ނިންމާފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭ ގޮތުން ގޮތެއް ނިންމަން ޖަލްސާ އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ކުއްލި ގޮތަކަށް ބާއްވަން ނިންމައިފި އެވެ.
ރައީސް މުއިއްޒުއާ ދެބެންގެ ދެދަރި ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމީ މި މަހު 13 ގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ޖަލްސާ ބާއްވާއިރު ނާޒިމް ރާއްޖޭގައި ނޫޅުއްވާ ކަމަށް އެނގިފައިވެ އެވެ.
އެ ބައްދަލުވުމުގައި ނާޒިމަށް އިތުބާރު ނެތް ކަމަށް ނިންމައި އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން މި މަހު 14ގައި ހުށަހެޅި އެ މައްސަލައިގައި ޕީއެންސީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވާފަ އެވެ. އެއާ އެކު އެ ދުވަހުގެ ޖަލްސާގައި، މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް 14 ދުވަހުގެ ނޯޓިސްއެއް ނާޒިމްއަށް ދީފައިވެ އެވެ.
މިދިޔަ ހަފްތާގައި ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައިގައި ބަހުސް ކުރުމަށް 1 ގަޑިއިރުގެ ވަގުތެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ ނާޒިމަށް ޖަވާބުދާރީވެވަޑައިގަތުމަށް 10 މިނެޓު އަދި މެންބަރުން ވާހަކަ ދެއްކެވުމަށް 50 މިނެޓް ހިމެނޭ ގޮތަށެވެ.
ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާ އެކު، ހުށަހެޅި ގަރާރުގައި އޭނާ މަގާމުން ވަކިކުރަން ފެންނަ ސަބަބުތައް ބަޔާންކޮށްފައިވެ އެވެ.
އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތު ހިމެނެ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އެ ގަރާރުގައި ނެތެވެ.
މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވާ ކަމަށް ވެސް ނާޒިމަށް ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު މަޖިލީހުގެ މަސްލަހަތު ނަގާލަން އޭނާ ކުރީ ކޮން ކަމެއްކަން ޕީއެންސީއަކަށް ބުނެނުދެވެ އެވެ.
އީދު ބޮނޑިބަތުގެ ސަގާފަތް ފެށިގެން އައީ ކިހިނެއް؟
މުޅި ބޮލީވުޑުން ރަންވީރު ބޮއިކޮޓް ކޮށްފި
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!