ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސް ބާއްވާ ތާރީހް އަވަސްކޮށްފި އެވެ.
ޕީއެންސީން އެ ޕާޓީގެ ކޮންގްރެސް އެންމެ ފުރަތަމަ ބާއްވަން ނިންމީ އަންނަ އޮކްޓޯބަރު މަހެވެ. ނަމަވެސް އެ ޕާޓީން ރޭ ބޭއްވި ބައްދަލުވުމެއްގައި ވަނީ ތާރީހް އަވަސްކުރަން ނިންމައިފަ އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު 'އެކްސް'ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ޕާޓީގެ މެންބަރުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު ހުށަހެޅުއްވުމެއް ހުށަހެޅުއްވި ކަމަށެވެ. އެއީ ސީދާ ކޮން ހުށަހެޅުމެއް ކަން ޝުޖާޢު ހާމައެއް ނުކުރައްވަ އެވެ.
އެހެންނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ޕީއެންސީގެ ކޮންގްރެސް އަވަސްކުރުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.
އެ ހުށަހެޅުއްވުން، ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށް، ޝުޖާއުގެ ޕޯސްޓުގައިވެ އެވެ.
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސެވެ.
އަމީތާބު އެންމެ ދުވަހަކުން 12 ފިލްމުގެ މަސައްކަތް ނިންމާލައިފި
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
ޕާޓޭއަށް ކެނަޑާގެ ވިސާއެއް ނުލިބުނު، ފުރަތަމަ މެޗުގައި ނުކުޅެވޭނެ