އީރާނުން ސީދާ އެމެރިކާއާ މުއާމަލާތްކޮށްފައިވާ ކަމަށާއި، އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކާ ގާތްވަމުންދާ ކަމަށެވެ.
މިހާރު ހިނގަމުންދާ ހަނގުރާމަ އޮތީ ކޮން މަރުހަލާއެއްގައިތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އުންމީދަކީ ހަނގުރާމައިގެ ފަހު މަރުހަލާގައި ތިބުން ކަމަށެވެ.
"އީރާނުން ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން، އެކަން ކުރިއަށްދާ ގޮތް އަދި ފެންނާނެ،" ނޯތު ކެރޮލައިނާއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.
އީރާނުން މުއާމަލާތްކުރީ މެދުވެރިއަކު މެދުވެރިކޮށްތޯ ނުވަތަ ސީދާކޮށްތޯ ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ އެ ގައުމުން މުއާމަލާތްކުރީ ސީދާ އެމެރިކާއާ ކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން ޖޫން މަހު ވަނީ އެ ސަރަހައްދު އަލުން ހުޅުވާލުމަށާއި ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ވަނީ އީރާނުގެ ސަރުކާރުގެ އިމާރާތްތަކަށާއި، އަސްކަރީ މަރުކަޒުތަކަށާއި، މިސައިލް އުފައްދާ ތަންތަނުގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. މި ހަމަނުޖެހުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާއިރު، ހަނގުރާމަ ހުއްޓުވުމަށްޓަކައި ޑިޕްލޮމެޓިކް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި
ނިދީގައި ކުޅު ފޭބުމަކީ ހީކުރާވަރަށްވުރެ ނުރައްކާ ކަމަކަށް ވެދާނެ!
ދެ އަޑުން ލަވަ ކިޔައިގެން ސޯނޫ އެންމެން ހައިރާން ކޮށްލައިފި
