ހުޅުމާލޭ ފޭސް2 ގައި ތިން މީހުންނާއެކު ސައިކަލް ދުއްވިއިރު އެ ސައިކަލުގައި އިން އެކަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓްގައި 3 މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން ލ.މާމެންދޫ، އިރުމަތީގެ، މުހައްމަދު ސައިފް (27އ)، ހައްޔަރުކުރީ ފަރުވާއަށްފަހު ދޫކޮށްލުމުން މި މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މުޙައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް ވެންޓިލޭޓަރުގެ އެހީގައި އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަމިއްލަ ދަރިއަށް ޖިންސީ ގޯނާ ކޮށްގެން އައިމަން ހައްޔަރުކޮށްފި
ރިވެލި ބީޗު ރެސްޓޯރަންޓު އަތުލުން މަޑުޖައްސާލަން އަމުރުކޮށްފި
