ކޮވިޑް ބަލީގައި އުމުރުން ދިހަ އަހަރުގެ މިޝްކާ މަރުވުމުގައި ސިއްހީ ދާއިރާގެ އިހުމާލު އޮތްތޯ ބެލުމަށް ކުރާ ތަހުގީގުގެ ރިޕޯޓް އަދިވެސް ނުނިމޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މިޝްކާގެ މަރުގެ މައްސަލާގެ ރިޕޯޓް ލަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު ހެނދުނު ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކޮވިޑް ބަލީގައި ކުޑަކުއްޖަކު މަރުވުމާއި ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލާގައި ގިނަ ކަންކަން ބަލަން ޖެހުމުގެ ސަބަބުން އިތުރު ވަގުތު ނަގާނެ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ހާދިސާއާ ގުޅިގެން އާންމުންގެ އެތައް ނުރުހުމެއް އަމާޒުވެފައި ވަނިކޮށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިޝްކާ މަރުވި މައްސަލާގައި އިހުމާލުވިތޯ ބެލުމަށް ކުރާ ތަހުގީގު ނިންމައި އެރޭ އާންމުކުރެވޭނެ ކަމަށެވެ.
ބުދަ ދުވަހުގެ ރޭ ރިޕޯޓް އާންމުކޮށްފައި ނުވާތީ އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު ނަސީމާ ސުވާލުކުރުމުން ވިދާޅުވީ އެ ރިޕޯޓް ނިމިފައިވާ ކަމަށާއި މިއަދުގެ މެންދުރު ފަހު ރިޕޯޓް އާންމު ކުރެވޭނެ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަސް ނިމުނުއިރު ވެސް އެ ރިޕޯޓް ވީތަނެއް އެއްވެސް މީހަކަށް އެނގިފައެއް ނުވެ އެވެ.
މިޝްކާއަކީ ކޮވިޑް-19ގައި ރާއްޖެއިން މި ދުނިޔެ ދޫކުރި އެންމެ ހަނގު ކުއްޖާ އެވެ. އަދި އަށާރަ އަހަރުން ދަށުގެ އެންމެ ފުރަތަމަ ކުއްޖާ އެވެ.
ޢިންޑިޔާއިންތަ ރިޕޯޓް ގެންނަނީ. ނޫނީ އޮމާން ޓިނުގަތަ ރިޕޯޓް ހަދަނީ. ތީ މިޤައުމަށް ބޭރު ކުލީ ސިފައިން ގެނައި މީހެއްނުން
ނަސީމަކީ މިފަހުން އުފެދުނު އެންމެ މޮޅު ޑޮކްޓަރުތޯ؟ އެބޭފުޅާ ދައްކާ ވަހަކަ ދިމަލެއްނުވޭ. ކުރެވުނުކަމެއް ނެތް. ކަންކަމަށް ކުފޫހަމަނުވާ މީހުންނަށް ކަންކަން ހަވާލުކުރީމަ ވާނެ ގޮތް ތިއެއްވަނީ