ކޮވިޑް ބަލީގެ އިމަޖެންސީ ހާލަތްތަކުގައި ގުޅޭނެ އައު ނަންބަރެއް ގާއިމް ކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފި އެވެ
އަވަސް ފަރުވާގެ ހިދުމަތް ދިނުމުގައި އަވަސްކުރަން އައު ނަންބަރެއް ގާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށާފައި މިވަނީ ކޮވިޑް ބަލީގައި ފަރުވާ ދެމުންދަނިކޮށް އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މަރުވުމުގައި އިހުމާލުތަކެއް ހުރި ކަމަށް އެ މިނިސްޓްރީން ހެދި ތަަހުގީގީ ރިޕޯޓުން ހާމަވުމާ ގުޅިގެންނެވެ.
ހެލެތް މިނިސްޓްރީއިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ އިހުމާލުން މަރުވި މިޝްކާ މުހައްމަދަށް ފަރުވާދިނުމަށްޓަކައި އެމްބިއުލާންސް ފޮނުވުނީ ދެ ގަޑިއިރު ފަހުން ކަމަށާއި، އަދި ކުއްޖާގެ ހާލަތުގެ ސީރިއަސް ކަމާއި، އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ބެލިފައިނުވާ ކަމެވެ.
މިހެންވެ، މިފަދަ ހިތާމަވެރި ދެވަނަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ނިޒާމުގެ ތެރެއަށް ބައެއް ބަދަލުތައް ގެނައުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވަމުން އެރިޕޯޓްގައި ބުނެފައިވަނީ އިމާޖެންސީ މެޑިކަލް ސާވިސް ވަކި ހިދުމަތެއް ގޮތުގައި ގާއިމްކޮށް، އެފަދަ ކުއްލި ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑް ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަސްރަތު: ހިތާމައާއި ރުޅިވެރިކަމުން އަރައިގަންނަން މަގެއް؟
ނުޒޫގެ ހުވަފެން ހަގީގަތަކަށް ހެދީ "ކުލަ ސްޓޫޑިއޯ"
ލާފައި ހުރި "ބޮޑު ބަނޑުން" ސިއްހަތާ ބެހޭ އެތައް ވާހަކައެއް!
