ސިފައިންގެ ތަމްރީނުތަކަށް ބޭނުންކުރާ ކ. ގިރިފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މމޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއާޓާޒްގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ސާވިސް ކޯގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 314 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިއީ، 35.18 މިލިއަން ރުފިޔާ އަށް، 145 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ. ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން މިހާރު އެންމެ ގިނަ މަޝްރޫއު ހިންގަމުން އަންނަ ކުންފުންޏަކީ ވެސް އެމްޓީސީސީންނެވެ.
ޖޫން މަހު މީރާއިން 2.92 ބިލިއަން ރުފިޔާ ބަލައިގަނެފި
ހަށިގަނޑު އަވަހަށް ވަރުބަލި ކޮށްލާ ސިއްހީ 5 މައްސަލައެއް!
ފްރާންސްގެ އޮލީސޭގެ ރީނދޫ ކާޑު ކެންސަލް ނުވި
