ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދާ އިންކުއިރީއަށް މައުލޫމާތު ދިނުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަޖިލީހަށް ހާޒިރުކޮށްފި އެވެ.
މި އިންކުއަރީ މަޖިލީހުގައި ކުރިއަށް ގެންދަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވައިލެވުނު ގޮތް ދެނެގަތުމަށް ހިންގާ އިންކުއިރީއެކެވެ.
މިއަދު އެ އިންކުއިރީއަށް މިނިސްޓަރު މާރިޔާ ހާޒިރުކޮށްފައިވާއިރު މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އާއި ފުލުހުންގެ އިސްވެރިންވެސް ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އަދި ސިފައިންގެ އިސްވެރިންވެސް ކޮމެޓީއަށް ހާޒިރުކޮށް ސިފައިންގެ މައި އިދާރާ ބަންޑާރަ ކޮއްޓަށް ވެސް ކޮމެޓީގެ ބޭފުޅުން ޒިޔާރަތް ކުރައްވައި މައުލޫމާތު ވަނީ ސާފު ކޮށްފަ އެވެ.
ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް މިނިސްޓަރުގެ މާރިޔާގެ އިސްތިއުފާއަށް ވަނީ ގޮވާލައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްޔާސް ލަބީބު މާރިޔާއަށް ގުޅުއްވައި ބަޔަކު ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ދެއްވުމުން އެ މައުލޫމާތާ ގުޅިގެން އެކަމަނާ އެކަށީގެންވާ ފިޔަވަޅުތައް އަޅުއްވާފައިނުވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހުގައި ދިން ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން މަތިކޮށްފައިވާ އެމްއެންޑީއެފަށް އަދި ދިވެހިރާއްޖޭގެ އެކި ފަރާތްތަކުގެ އިންޓެލިޖެންސް ޖަމާކުރުމުގެ މަސައްކަތް މަތިވެފައިވާ ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައްވަނީ އަމާޒުވެފަ އެވެ.
މި ހަމަލާއާ ގުޅިގެން އިންޓެލިޖެންސްގެ ހާލަތު ދެނެގަތުމަށް އިންޓެލިޖެންސް އޮޑިޓެއް ހައްދަވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ނިންމަވާފައެވެ. އެ ނިންމެވުމާ އެއްގޮތަށް އެމަނިކުފާނުވަނީ ކޮމިޓީއެއް އެކުލަވައިލައްވައި އެ މަސައްކަތް އެ ކޮމިޓީއާ ހަވާލުކުރައްވާފަ އެވެ.
މާރިޔާ މާމާއޭ......ކެޓީމާ އޭގެ ރުޅި ނަޝީދުއާއި ހިސާނަށް ބާލާނެ ކަމެއްނެތް.