ލޯތްބާއި، އަޅާލުމާއެކު ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިސަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރަހީނު ކުރުމަށް ފަހު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
"މި ހިތާމަވެރި ދަނޑިވަޅުގައި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔައި، ކުއްޖާގެ ފުރާނައަށް ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދޭ ހާލު، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަން." މިނިސްޓަރު ވިދާޅުވި އެވެ،
ފުލުހުން މިއަދު ހެނދުނު ބުނީ އެ ކުއްޖާ ގެއްލުނު މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދަން ކުރި މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮތްވައި ރޭ ދަންވަރު 2:38 ގައި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ކުއްޖާ މަރާލުމަށްފަހު ފޮއްޓަކަށްލާފައި އެއްލާލާފައި އޮތީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުންނަށް ވަދެވޭ ގޮތަށް އޮންނަ ހިސާބު މޫދުގަ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިމައްސަލައާއި ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ.
 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
			ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
		 ބީޓީއެސް އިންޑިއާއަށް އަންނަނީ!
			ބީޓީއެސް އިންޑިއާއަށް އަންނަނީ!
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					 
					
މި ޖެންޑަރ މިނިސްޓަރަކީ ވަރަށް ޙަޔާތްކުޑަ މީހެއް. ކުޑަކުދިންގެ ހިޔާގައި ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި 7 މުވައްޒަފުންނަށް އެއް މަސް ދުވަހުގެ މުސާރައާއެކު ދިނީ އެއް މަސްދުވަހުގެ ޗުއްޓީއެއް (ސަސްޕެންޑްކުރިއްޔޯ). މިކަހަލަ ބޯގަޅި މީހުން ލައިގެން ސަރުކާރެއް ހިންގޭނެތޯ؟