ކާތިކް އާރްޔަން އޭނާގެ ކުރިއަށް އޮތް ފިލްމް އިއުލާން ކޮށްފި އެވެ.

ސާޖިދް ނަޑިއަޑްވާލާއާ އެކީ ކާތިކް މަސައްކަތްކުރާ އާ ފިލްމުގެ ނަމަކީ "ސައްތިޔަނާރާޔަން ކީ ކާތާ" އެވެ. ކާތިކް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިފުލުމުގެ ފަސްޓް ލުކް ދައްކާލާފަ އެވެ.

މި އެޕިކް ލޯބީގެ ފިލްމް ޑައިރެޓްކުރާނީ 2019 ވަނަ އަހަރުގެ ގައުމީ އިނާމު ހާސިލްކޮށްފައިވާ މަރާޓީ ޑްރާމާ "އަނަންދި ގޯޕާލް" ގެ ޑައިރެކްޓަ ސަމީރު ވިޑްވާންސް އެވެ.

ކާތިކް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ސާޖިދާއެކީ މަސައްކަތްކުރަން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ. މިއަށްވުރެ ވަކި ރަގަޅު މީހަކާއެކީ މަސައްކަަތްކުރަން ނުލިބޭނެ ކަމަށް ވެސް ކާތިކް ވަނީ ބުނެފަ އެވެ.

"ސައްތިޔަނާރާޔަން ކީ ކާތާ" އަކީ މިޔުޒިކަލް ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ ފިލްމަކަށްވާއިރު، މިފިލްމުގައި މަސައްކަތްކުރާ ގިނަ ފަރާތްތަަކީ ގައުމީ އިނާމް ހާސިލުކޮށްފައިވާ ފަރާތްތަކެއްކަން ފާހަގަކޮށްލެވެ. އަދި މި ޓީމުގައި ހިމެނޭ ހަމައެކަނި ގައުމީ އިނާމް ނުލިބޭ ފަރާތްތަކީ ކާތިކް އާރްޔަން އެވެ. މިކާ ގުޅިގެން އޭނާ ބުނީ އެފަދަ ޓީމަކާއެކު މަސައްކަތް ކުރުމަށް ލިބުމުން އުފާކުރާ ކަމަށާއި ބޮޑު ޒިންމާއެއް އޮތް ކަމުގެ އިހުސާސްކުރެވުނު ކަމަށެވެ.

https://www.instagram.com/p/CQc6tl4jTYo/?utm_medium=copy_link

މިއަހަރު ފަހުކޮޅު ފިލްމުގެ މަންޒަރުތައް ނަގާ ނިމޭއިރު، މިފިލްމު ސިނަމާއަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ. މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ އަންހެން ތަރިއެއް އަދި ހާމަ ކޮށްފައެއް ނުވެ އެވެ.

ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު "ދަމާކާ" (ރިލީޒް ކުރާނީ ނެޓްފުލިކްގައި) "ބޫލް ބުލައްޔާ 2" އަދި "އަލަ ވައިކުންތަޕުރަމުލޫ"ގެ ރިމޭކް ވެސް ހިމެނެ އެވެ.