އައިޖީއެމްއެޗްއަށް ހާލު ދެރަވެގެން ގެނައި މާބަނޑު އަންހެނަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މިއަދު މަރުވެފައިވަނީ އދ. އޮމަދުއަށް ނިސްބަތްވާ މާބަނޑު އަންހެނެކެވެ.
އޭނާ ނިޔާވީ އިއްޔެ ރަށުގައި ހުއްޓާ ހާލު ދެރަވުމުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އުމުރުން 22 އަހަރުގެ ޒުވާނާ ނިޔާވިއިރު އޭނާގެ ބަނޑަށް 20 ހަފްތާ ކަމަށް މައުލޫމާތު ލިބެ އެވެ.
އޭނާ އެންމެ ފުރަތަމަ ސިއްހީ މަރުކަޒަށް ގެންދިޔައީ ގަދަ ބޮލުގައި ރިސާ އެނބުރުން އަރާތީ އެވެ.
އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިއުމުގެ ކުރިން ފުރަތަމަ ގެންދިޔައީ މަހިބަދޫ އަތޮޅު ހޮސްޕިޓަލަށެވެ.
އޭނާގެ މަރާއި ގުޅޭ ގޮތުން އަދި މިހާތަނަށް އައިޖީއެމްއެޗްގެ ބަހެއް ނުލިބެ އެވެ.
ފިޓްނަސް ޕްލޭންއަށް އޭއައި ބޭނުން ކުރުން: ސަމާލުވާންވީ 5 ކަމެއް!
އިންޒާރު: ހޫނުކޮށް ސައި ބުއިމަކީ ކެންސަރަށް މަގުފަހިވާ ކަމެއް!
ކުދި ވިޔަފާރިތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ!
