ކުރީގެ ސަރުކާރުގެ ހުޅުމާލެ ދެވަނަ ފޭސްގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ ތަރައްގީކުރި ފްލެޓްތަކަށް ފޯމްތައް ހުށަހެޅި ބައެއް ފަރާތްތަކުގެ ފޯމްތައް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަންދާލި ކަމަށް ބުނެ ކުރީގެ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ހެދީ ދޮގުކަން ހާމަވެއްޖެ އެވެ.
އެމްޑީޕީއަށް ތާއީދުކޮށް ޓްވީޓް ކުރާ ފަރާތްތަކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިހާރު މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ޑރ. މުއިއްޒު މަގާމު ދޫކުރައްވައި ވަޑައިގެންނެވީ ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މީހުންގެ ފޯމުތައް އަންދަވާލައްވާފައި ކަމަށެވެ.
މިޓްވީޓަށް ތާއީދު ކުރައްވާ ކުރީގެ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފޯމްތައް އަންދާލީ ވިލިމާލޭގައި ހުރި ހައުސިން މިނިސްޓްރީގެ ބިމެއް ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ފްލެޓް ގެއްލުނީ ކުއްލިއަކަށް ގެނެސް ދަފްތަރުގައި ބަޔަކު ޖެއްސި ބައެއްގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ މޭޔަރު ޝިފާ ހެދީ ދޮގެންކަން ހާމަކުރުމުގެ ގޮތުން ހަމްދާން ޝަކީލް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަންދާލާފައި ވަނީ މައުމޫންގެ ވެރިކަމުގައި މޯލްޑިވްސް އާބަން ހައުސިން ޑިވެލޮޕްމެންޓް ބޯޑުން ނެރުނު ފޯމްތަކެއް ކަމަށެވެ.
މިފެންނަނީ އެމްޑީޕީގެ ހަގީގީ ސިފަ ކަމަށާއި އެމްޑީޕީއަކީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ފިތުނަ އުފައްދާ މަކަރުވެރި ބައެއް ކަމަށްވެސް އެ ޓުވީޓްގައި ވަނީ ބުނެފަ އެވެ.
ހަމްދާން ވަނީ އަންދާލި ފޯމްތަކާއި، ހިޔާ ފްލެޓަށް ކުރިމަތިލި މީހުން ހުށަހެޅި ފޯމްގެ ފޮޓޯ އާއްމުކޮށް ދެފޯމްގައި ހުރި ތަފާތު ވެސް ދައްކާފަ އެވެ.
ޝިފާގެ ޓުވީޓާއި ގުޅިގެން އޭނާ އަށް ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔާފަ އެވެ. އަދި ޝިފާއަކީ ފެއިލްވެފައިވާ މީހެއް ކަމަށާއި އެމްޑީޕީގެ ގިނަ ބަޔަކުވެސް އެކަން ގަބޫލުކުރާނެ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ހާއްސަކޮށް މާފަންނުކޮޅުގައި ޕާކެއް ހެދުމުގައި ޝިފާ ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ މައްސަލަ ބެލުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފަ އެވެ.
ހޯމް ސްކޫލިން ފަހިކޮށްދިނުމަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް
އަބުރުކަތިލަން ފަތުރަނީ ދޮގު ވާހަކަތަކެއް: ޝާހިދު
ސްޓްރޯކުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންކަން
