ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު ”ގޮށްރާޅު" މީޑިއާނެޓްގެ މަލްޓި ސްރީންގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމައިފި އެވެ.

މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ކުރައިމް ތުރިލާ "ގޮށްރާޅު" ވަނީ އޮލިމްޕަހުގައި ވެސް ކާމިޔާބު ޝޯތަކެއް ދައްކާފަ އެވެ.

ދިވެހި މުޖުތަމައުގައި ހިނގަމުންދާ ކަމެއްގެ މައްޗަށް އަލިއަޅުވާލާފައިވާ މިފިލްމް މީޑިއާނެޓްގެ މަލްޓި ސްރީންގައި ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން މުހައްމަދު އަލީ ޕްރޮޑިއުސްކޮށްފައިވާ ”ގޮށްރާޅު“ގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

https://www.facebook.com/MSMedianet/videos/354562859353216/

މީޑިއާނެޓްގެ މަލްޓި ސްކްރީނަކީ މުނިފޫހިފިލުވުމަށް ހާއްސަ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް، ދިވެހި ތަފާތު ސީރީޒްތަކާއި ޝޯތައް ބަލައިލެވޭނެ އެވެ. މީޑިއާނެޓް މަލްޓިސްކްރީން މެދުވެރިކޮށް ލައިވް ޓީވީގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ފިލްމާއި ސީރީޒް ވެސް ބަލައިލެވޭނެ އެވެ.

މީޑިއާނެޓްގެ މަލްޓި ސްކްރީނުގައި އެންމެ ގިނައީ ޑާކްރެއިން އެންޓަޓެއިންމަންޓް އުފެއްދުންތައްކަން ފާހަގަ ކޮށްލެވެ އެވެ.