މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވެހި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ވަކި ކުންފުންޏެއް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ވެސް އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. މިގޮތުން މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކައުންސިލުން ބޯހިޔާވަހި ކަމަށް ހާއްސަ ކުންފުންޏެއް އުފެއްދުމަށް މިހާރު ނިންމާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވީ ކުންފުނި އުފެއްދުމުގައި ސަރުކާރުގެ ހުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކުންފުނި ހިންގުމުގައި ކައުންސިލުގެ ވބިސްނުން ހުރީ ބަޖެޓަށް ބަރޯސާވުމުގެ ބަދަލުގައި އެނޫން ގޮތްތަކުން މަސައްކަތް ކުރުމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނި އުފެއްދުމަށްޓަކައި ސިޓީ ކައުންސިލަށް ވަރަށް އަވަހަށް ފައިނޭންޝަލް ކޮންސަލްޓޭންޓެއް ނަގާނެ ކަމުގައި ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އެ ކުންފުނި ހިންގާނީ އަމިއްލައަށް ފައިސާ ހޯދައިގެންނާއި ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދައިގެން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ކައުންސިލުތަކަށް އަމިއްލައަށް ފައިސާ ހޯދައިގެން ތަރައްޤީގެ މަޝްރޫއުތައް ހިންގުން ލޯކަލް ކައުންސިލުތަކުގެ ގާނޫނުން ހުއްދަކުރާއިރު، އެކަން ކުރުމަށް ކުންފުނިތައް އުފެއްދުމަކީ ވެސް ގާނޫނުން ކައުންސިލުތަކަށް ލިބޭ ބާރެކެވެ.

މާލެ ސިޓީ ކައުންސިލުން ބޯހިޔާވަހި ކަމަށް ހައްލެ ހޯދުމަށް އިތުރު ކުންފުންޏެއް އުފެދުމަށް ނިންމާފައިވާއިރު ވަރަށް ފަހުވެސް ސަރުކާރުން ވަނީ ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް "ފަހި ދިރިއުޅު" ނަމުގައި ކުންފުންޏެއް އުފައްދާފަ އެވެ.