ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ފިލްމު "ބޫޖް: ދި ޕްރައިޑް އޮފް އިންޑިއާ" އިންޑިއާގެ މިނިވަން ދުވަހު ރިލީޒް ކުރަން ނިންމައިފި އެވެ.

އަސްލު ދިރިއުޅުމުގެ ބަތަލުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މިފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 13 ގައި ޑިސްނީ ޕްލަސް ހޮޓްސްޓާގައި އެވެ. އަބީޝެކް ދޫދައްޔާ ޑައިރެކްޓް ކޮށްފައިވާ "ބޫޖް: ދި ޕްރައިޑް އޮފް އިންޑިއާ" މިފިލްމުން އިންޑިއާގެ ތާރީހީ ކަންތައްތަކެއް ފެނިގެން ދިއުމުގެ އިތުރުން ވަރުގަދަ އެކްޝަންތަކެއް މި ފިލްމުން ފެންނާނެ އެވެ.

މި ފިލްމު އުފައްދާފައި ވަނީ ބިރުކުޑަ އައއޭއެފް އޮފިސަރެއް ކަމަށްވާ ވިޖޭ ކަރްނިކް ބޫޖް އެއާޕޯޓްގެ އިންޗާޖްއެއްގޮތުގައި ހުރެ، މާދަރް ޕޫރް ވިލޭޖްގެ 300 އަންހެނުންނާ އެކު އައިއޭއެފް ބޭސްއެއް ރިކޮންސްޓްރަކްޝަން އިންޑިއާ ސަލާމަތްކުރި ގޮތެވެ.

މިމަހުގެ ބާރަ ވަނަ ދުވަހު މިފިލްމުގެ ޓްރެއިލާ ނެރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމުގައި އަޖޭގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ އަދި ސަންޖޭ ދަތު ފެނިގެންދާނެ އެވެ. މީގެ އިތުރުން ނޯރާ ފަތޭހީ އާއި އެމީ ވިރްކު އަދި ސަރަދް ކެލްކަ ވެސް މި ފިލްމުން ފެންނާނެ އެވެ.

ޓީ ސީރީޒް އަދި އަޖޭ ދޭވްޖަން އުފައްދާ ފިލްމު "ބޫޖް- ދި ޕުރައިޑް އޮފް އިންޑިއާ" ޕްރޮޑިއުސް ކޮށްފައިވަނީ ބުޝަން ކުމާ އެވެ.