ސަޕޯޓަރުންގެ ބޮޑު ފޮލޯއިންއެއް އޮންނަ ސައުތުގެ ސުޕަ ސްޓާ ހީރޯ ރަވީ ތޭޖާއަކީ އެކި ކަހަލަ ސްޓައިލްގެ ފިލްމުތައް އޭނާގެ ދިގު ކެރިއަރުގައި ކުޅެފައިވާ ތަރިއެކެވެ. ރަވީގެ ދިގު ކެރިއަރުގައި 70 އަށްވުރެ ގިނަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާއިރު އޭނާއަކީ ޓެލެގޫ އިންޑަސްޓްރީގައި ހުރި އެންމެ އަގުބޮޑު އެއް ތަރި އެވެ.

ރަވީގެ ކުރިއަށް އޮތް ފިލްމު "ރާމަރާއޯ އޮން ޑިއުޓީ" ޑައިރެކްޓްކުރަނީ މުޅިން އަލަށް ޑައިރެކްޝަންގެ ދާއިރާއަށް ނުކުންނަ ސަރަތު މަންދަވާ އެވެ.

ފިލްމު އުފައްދާ ފަރާތުން އިއްޔެ ބެލުންތެރިންނަށް ވައުދުވި ގޮތަށް މިއަދު މިވަނީ ފިލްމުގެ ފުރަމަތަ ޕޯސްޓަ ދައްކާލާފަ އެވެ.

ކުރިން މި ފިލްމުއަށް "އާރުޓީ 68" ގެ ނަމުން ނަންދީފައިވީ ނަމަވެސް މިއަދު ނެރުނު ޕޯސްޓަރުގައި މިފިލްމުގެ ނަން ވަނީ "ރާމަރާއޯ އޮން ޑިއުޓީ"ގެ ނަމަށް ބަދަލުކޮށްފަ އެވެ. ޕޯސްޓަރުގައި ރަވީގެ ޖީޕެއް ކައިރިމަޑުކޮށްލައިގެން ހުރިއިރު ސިފަވަނީ ސަރުކާރުގެ އޮފިސަރެއްގެ ގޮތުގަ އެވެ.

ހަގީގީ ހާދިަސާއެއްގެ މައްޗައް ބިނާކޮށް ހަދާފައިވާ މިފިލްމު ޕުރޮޑިއުސްކޮށްފައި ވަނީ ސުދާކަރް ޗެރުކުރި އެވެ. މިފިލްމުން ރަވީ އާއެކީ ދިވްޔަންޝާ ކޮއުސިކް ވެސް ފެނިގެންދާނެ އެވެ.