ޖިމަށް ދިއުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކުކުރަން ބޭނުންވާ ކަމެކެވެ. ނަމަވެސް ވަގުތު އައިސް ޖެހުމުން ގިނަ ފަހަރަށް އޮންނަނީ ނުވެފަ އެވެ.
ދާންވާއިރަށް ކަންނެތް ވަނީ އެވެ. ނުވަތަ ފަސްކުރެވެނީ އެވެ. މި ލިޔުމުގައި މި ބަލާލަނީ ޖިމްއަށް ދާން ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ވަގުތަށް ނިދުން
ހަށިގަނޑަށް ބޭނުންވާ ހަމަ ނިދި ލިބޭނަމަ ދުވާލު ތެދުވާއިރު މީހާ ހުންނާނީ އެއްކޮށް ތާޒާވެ ދުވަހަށް ތައްޔާރުވެފަ އެވެ. އަދި ޖިމަށް ދިއުމުގެ ކުރިން ހަށިގަނޑުގައި ވަރު ވެސް ޖެހިފަ އެވެ.
އެކުގައި ޖިމަށް ދާނެ ބައިވެރިއަކު ހޯދުން
އެކަނި ޖިމްއަށް ދިއުމުގެ ބަދަލުގައި ބައިވެރިއަކާއެކު ޖިމަށް ދިއުމަކީ ގަވާއިދުން އެކަން ކުރުމަށް ބާރު އަޅާނެ ކަމެކެވެ. އެހެންކަމުން ރައްޓެއްސެއް ނުވަތަ އާއިލާގެ މީހެއް ޖިމް ބައިވެރިއެއްގެ ގޮތުގައި ހޯދާށެވެ. އަދި އެކަކު އަނެކަކަށް ޖިމްކުރުމަށް ހިތްވަރުދޭށެވެ.
އަޒުމް ވަރުގަދަ ކުރުން
ކަންނެތް ކަމާއި ލޮޑުކަން ތިބާގެ އަމާޒަށް ވާސިލްވުމުގައި ހުރަހަކަށް ވިޔަނުދޭށެވެ. ޖިމަށް ދާން ކަންނެތްވާ ވަގުތު ތިބާގެ އަމާޒު އަމިއްލަ ނަފްސަށް ހަނދާން ކޮށްދޭށެވެ.