ސަންޝައިން ވިޓަމިންގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ވިޓަމިން ޑީއަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑު ފުރިހަމަ ސިއްހަތެއްގައި ބެހެއްޓުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ.

ހުންނަން ޖެހޭ މިންވަރަށް ވުރެ ހަށިގަނޑުގައި ވިޓަމިން ޑީގެ މިންވަރު މަދު ނަމަ ތަފާތު ގިނަ ބަލިތަކަކަށް ތިމާގެ ހަށިގަނޑު ހުށައެޅެ އެވެ. އެގޮތުން ބަލާއިރު ވިޓަމިން ޑީ މަދުވުމުގެ ސަބަބުން ބޮލުން އިސްތަށި ފައިބާ، ކަށިތަކުގެ ބާރު ދަށްކޮށްލަ އެވެ.

ވިޓަމިން ޑީ ހަށިގަނޑު ގައި މަދު ނަމަ ތަފާތު އަލާމާތްތައް ފެންނާނެ އެވެ. މީގެ ތެރޭގައި، ފަލަވުން ހިމެނެ އެވެ. ފަލަ މީހުންނަށް ވިޓަމިން ޑީ މަދުވުމުގެ މައްސަލަތައް ގިނައިން ދިމާވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

މީގެ އިތުރުން ވިޓަމިން ޑީ މަދުވުމުން ފެންނާނެ އަނެއް އަލާމާތަކީ ފުރަމޭ އާއި ކިޑްނީގެ ބަލިތަކުގެ ޝިކާރައަކަށްވުމެވެ. ކަށިތަކުގެ ބާރު ދަށްވުމާއި ހުޅު ހުޅުގައި ރިއްސުމަކީ ވެސް ފެންނަ އަލާމާތެކެވެ.