އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ތިލަފުށި ގޮނޑަކީ އެތައް އަހަރެއް ކުރިން ފެށިގެން ކުނިއަޅައި އަންދަމުންދާ ގޮނޑެއް ކަމުން އެތަނުގެ ޙާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެ ވެސްވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް. އަދި އެކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއް ވެދާނެ ކަމަށް ވިޔަސް މިއީ ދާއިމީ ގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށް ކުރެވޭ ކަމެއްކަން ވެސް މިނިސްޓްރީން ފާހަގަކުރޭ.

ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅު ގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން ފަށައިފި އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރަމުން އަންނަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ގުޅިގެން ކަމަށެވެ. މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ތިލަފުށިން ދުން އެރުން ހުއްޓުވުމަކަށް ގެނެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ތިލަފުށި ގޮނޑަކީ އެތަކެއް އަހަރުވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން އެތަނުގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސްވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ވަގުތީ ގޮތުން އުނދަގުލެއް ވެދާނެ ކަމަށްވިޔަސް މިއީ ދާއިމީ ގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށް ކުރެވޭ ކަމެއްކަން ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.

"މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅުމުންގެންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއް ވެދާނެ ކަމަށް ވިޔަސް މިއީ ދާއިމީ ގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށްޓަކައި ކުރެވޭ ކަމެއްކަން ވެސް ފާހަގަކުރަން،" އެންވަރުމަންޓް މިނިސްޓްރީން ބުންޏެވެ.

މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅުމުންގެންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއް ވެދާނެ ކަމަށް ވިޔަސް މިއީ ދާއިމީ ގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށްޓަކައި ކުރެވޭ ކަމެއްކަން ވެސް ފާހަގަކުރަން،
އެންވަޔަރުމަންޓް މިނިސްޓްރީ

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން މަސައްކަތްކުރަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ގޮނޑުން ދުންއެރުން ހުއްޓުވައި އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގާއިމުކޮށް ނިންމާލުމަށް ކަމަށެވެ.

އޭގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) ގެ އެހީގައި ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީއާއެކު ފެށުމަށް އެ މިނސްޓްރީން ދަނީ ތައްޔާރުވަމުން ކަމަށް ވެސް ބުންޏެވެ.