ހުޅުމާލޭ ހުރަވީ ސްކޫލްގައި ކިޔަވަމުން އަންނަ ރަޔާން ރިޔާޒް އަބްދުލް ވާހިދު އައިޖީއެސްސީ އިމްތިހާންގައި ބައިވެރިވެ ކެމިސްޓްރީން އޭ ސްޓާއެއް ހޯދުމުން އެކަން ފާހަގަ ކުރުމުގެ ގޮތުން ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ބަލާލުމުގެ ފުރުސަތު ދީފި އެވެ.
ރަޔާންގެ ކާމިޔާބީއަށް މަރުހަބާ ކިޔުމުގެ ގޮތުން ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ "ޖީނިއަސް ރަޔާންއަށް" ފުލުހުންގެ މުއްސަސާއިން މަރުހަބާ ކިޔާ ކަމަށެވެ. އަދި ރަޔާން ވަނީ ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާލުމުގެ އިތުރުން ބައެއް "މަސައްކަތްތައް" ކޮށްފައި ކަމަށް ފުލުހުންގެ ޓުވީޓްގައި ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ކެމިސްޓްރީން އޭ ސްޓާގެ ނަތީޖާއެއް ގެނެސް ރަޔާން ވަނީ މުޅި ގައުމު ފަހުރުވެރިކޮށްފަ އެވެ. އަދި އޭނާއަށް އެދެނީ އިތުރު ކާމިޔާބަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޯޓިޒަމް ކުއްޖެއް ކަމަށްވާ ރަޔާން ރިޔާޒް އަބްދުލްވާހިދަށް ވަނީ އެންމެ 10 އަހަރުގައި އައިޖީއެސްސީގެ ކެމިސްޓްރީ ޓެސްޓުގައި ބައިވެރިވެ އޭ ސްޓާއެއްގެ ނަތީޖާ ގެނެސް، މުޅި ގައުމު ފަހުރުވެރިކޮށްފަ އެވެ.
މިކާމިޔާބު ހޯދުމުގައި ރަޔާންގެ މަންމަ އައިޝަތު ޔުމްނާގެ ދައުރު ވަތަށް ބޮޑެވެ. ޔުމްނާއަކީ ހުރަވީ ސްކޫލްގެ ކެމިސްޓްރީ ޓީޗަރެކެވެ. ނަމަވެސް ރަޔާން އޯލެވެލް އިމްތިހާންގައި ބައިވެރި ކުރީ މިފަދަ ކާމިޔާބެއް ލިބިދާނެ ކަމަށް ހީކޮށްގެންނެއް ނޫނެވެ.
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް ތާރީހު ހާމަކޮށްފި
ބީއެމްއެލްގެ ހައުސިން މަޝްރޫއަށް 710 ޔުނިޓް އިތުރުކުރަނީ
ޓްރަމްޕްގެ ފޮޓޯޖެހި އެެމެރިކާގެ އާ ޕާސްޕޯޓް ދައްކާލައިފި
