ކަންބޮޑުވުންތަކާއި ބިރުގަތުމަކީ މާބަނޑު މީހުންނަށް ދިމާވާ އާންމުކަމެކެވެ. އެހެންކަމުން މިކަމަށް ދުރާލާ ތައްޔާރުވެ ތިބުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ. ވިހެއުމަށް މެންޓަލީ ތައްޔާރުވެގެން ހުރުމަކީ ވެސް ވަރަށް ފަސޭހަ ކަމެކެވެ. އެހެން ނޫންނަމަ ދަތިތަކަކާ ކުރިމަތިލާން ގިނަ ފަހަރަށް ޖެހެ އެވެ.

ގިނަ މީހުން އެންމެ ބިރުގަންނަ އެއް ކަމަކީ ވިހެއުމުގައި މައްސަލައެއް ދިމާވެ، ސީ ސެކްޝަން އަދި އެޕިސިއޮޓޮމީ ސާޖަރީ ހަދަން ޖެހިދާނެތީ އެވެ. އެޕިސިއޮޓޮމީ ސާޖަރީއަކީ ވަރަށް މަދުން ކުރަންޖެހޭ ކަމެކެވެ. މި ސާޖަރީ ހަދަން ޖެހެނީ ވިހާއިރު ދުރުވާން ޖެހޭ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ (ޕެލްވިކް އޭރިއާގެ) މަސްތައް ދުރު ނުވާނަމަ އެވެ.

މި ސާޖަރީ ރަނގަޅު ވާނީ ހަ ހަފްތާއިންނެވެ. މި މުއްދަތުގައި ބުރަ މަސައްކަތްކޮށް އެއްޗެހި އުފުލުމާ މުޅިން ދުރުވުމަކީ ވަރަށް ވެސް ބޮޑަށް ބަލަންޖެހޭ ކަންތައްތަކެވެ.

ދެން އެންމެ ކަންބޮޑުވާނެ އެއްކަމަކީ ވިހެއުމުގައި އަޅާ ވޭނުގެ ސަބަބުން ވިހެއުމަށް އިސްކަން ނުދެވިދާނެތީ އެވެ. ނަމަވެސް ބަނޑުބޮޑުއިރު ކަސްރަތު ކުރާނަމަ ވިހެއުމުގައި ތަދު ކުޑަވާނެ އެވެ.

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުން އާދަކުރައްވާ

މި ފަދަ ކަންކަމާ ކަންބޮޑުވުމަކީ އެންމެނަށް ވެސް ދިމާވާ އާއްމު ކަމެކެވެ.

އެހެންކަމުން ބިރުން ހުރުމަށް ވުރެ އެކަމާ ކުރިމަތިލައި ހިތްވަރުގަދަކަން ދައްކާލާށެވެ. މިހެން ބުނި ކަމުގައިވިޔަސް އަންހެނަކު ހިތްވަރުގަދަކަން ބުނެދޭން ނޭނގޭނެ އެވެ. ހާއްސަކޮށް މާބަނޑު އަންހެނާ އެވެ. ބިރުގަނެ އެފަދަ ކަމެއް ވާނަމަ ޑޮކްޓަރާ ބަރާބަރަށް ވާހަކަތައް ހިއްސާކުރަން ވާނެ އެވެ.