ރަހީނުކޮށް، 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން މިޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުންނެވެ. ކޯޓުތަކުން ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތައް އާންމުކޮށް ކުރިއަށް ގެންދަނީ ވެސް ސިއްރުކޮށްގެންނެވެ.
ތޭރަ އަހަރުގެ ކުއްޖާ މަރާލި މައްސަލާގައި ޒިހާންގެ މައްޗަށް ދައުލަތުން ވަނީ 13 ދައުވާއެއް އުފުލައިފަ އެވެ. އެގޮތުން ޒިހާނާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ފަސް ދައުވާ، ކުޑަ ކުއްޖަކަށް މަސްތުވާތަކެތި ދީގެން އެ ކުއްޖާއާ އެކު މީހަކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އެވެ. އަދި ޖިންސީ ގޯނާ ހިންގުމަށް ކުޑަ ކުއްޖަކު ގްރޫމްކުރުމާއި ހުއްދަ ނޫން ގޮތުގައި މައްޔިތާގެ ބޭނުން ހިފެހެއްޓުމުގެ އިތުރުން ނަހަމަ ގޮތުގައި ޖިންސީ ކުށެއް ކުރުމުގައި ކުޑަ ކުއްޖަކު ބޭނުންކުރުމުގެ ތިން ދައުވާ އެވެ.
ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.
މިމައްސަލާގައި 17 އަހަރުގެ ކުއްޖެއްގެ މައްޗަށްވެސް ދަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ ޝަރީއަތް ކުރިއަށްދަނީ ޖުވެނަލް ކޯޓުގަ އެވެ.
ވާނަލް ފޯލްސް: ހަނދާނުން ފޮހެލަން ދަތި ރީތި މަންޒިލެއް!
ޓްރަމްޕްގެ ފޮޓޯޖެހި އެެމެރިކާގެ އާ ޕާސްޕޯޓް ދައްކާލައިފި
މޯލްޑިވްސް 2.0 ގެ ތެރެއިން އީ-ވޯޓިން ނިޒާމެއް ނުގެންނާނެ: ރައީސް
