ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެމްޑީޕީއަކުން ނޫން ކަމަށް ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕސަން ހަސަން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ރަސްމީކޮށް އެމްޑީޕީން މަސައްކަތް ކުރާ ނަމަ އެއަށް ވުރެ ވަރުގަދައަށް އެކަން ކުރާނެ ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީ ތެރެއިން މެމްބަރުންތަކެއް ބޭނުންވެގެން ކުރާ ކަމެއް ކަމަށާއި އެކަމުގައި ޕާޓީގެ އެންޑޯސްމެންޓެއް ނޯންނާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ހަރުގޭގައި ކުރުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ޕާޓީއަށް އައީ އަޅުގަނޑު ކައިރިއަށް. އެ ބޭފުޅުން އެދިވަޑައިގަތީ އެންޖީއޯއަކާ އެކީގައި އެ ބޭފުޅުން އެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ހަސަން މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން އިސްވެ ތިއްބަވައި، ބަރުލަމާނީ ނިޒާމަކަށް ތާއީދު ހޯދުމަށް ދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.
އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ބާއްވަން ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ މަނިކުފާނުގެ ތާއީދު އޮންނާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް މިހާތަނަށް އެ ޕެޓިޝަނަށް މާބޮޑު ތަރުހީބެއް ލިބިފައިނުވެއެވެ. އެމްޑީޕީގެ މަޖިލީސް މެމްބަރުންގެ ތެރެއިން ވެސް ޕެޓިޝަނުގައި ސޮއިކުރެއްވީ 13 މެމްބަރުންނެވެ.
އަސްލު ބަރުލަމާނީ ނިޒާމަކީ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުންގެ ނިޒާމް ފަސޭހައިން ގޮޅީގައި ސޭލް އަޅުވާ ނީލަން ނިންމާލާ ނިޒާމް !
ކަލޭ ތިހިރީ ހަމައިގަތަ؟ ތެދެއް ނަހަދާތި ނަމަނަމަ ކަލޯމެން ތިއުޅެނީ ތިނިޒާމުނުގެނެވިގެން
މިއީ ރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދާލުމަށްފަހު ދުސްރޫރީ ނިޒާމު ވެސް ހަލާކު ކޮއްލުމަށް ރޫހާނީ ލީޑަރު ފަށައިގެން އުޅޭ ކަމެއް