ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އޮޅިގެން މި މަހު ބޮޑު މުސާރައެއް ޖަމާކުރެވުނު އެކައުންޓްތައް ފްރީޒް ކޮށްފި އެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނީ ބައެއް މުވައްޒަފުންނަށް 70،000 ރުފިޔާ ސަރުކާރުން މުސާރައިގެ ގޮތުގައި މި މަހު ދީފައިވާ ކަމަށެވެ.
އެނގިފައިވާގޮތުގައި ފިނޭންސް މިނިސްޓްރީން އެދިގެން މިހާރު ބޭންކްތަކުން ވަނީ މުސާރައިގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ޖަމާވި މުވައްޒަފުންގެ އެކައުންޓްތައް ފްރީޒް ކޮށްފަ އެވެ. އެ ކައުންޓްތައް ދޫކޮށްލާނީ އިތުރަށް ޖަމާވެފައިވާ ފައިސާ ރިވާސް ކުރުމަށް ފަހު އެވެ. މިއަދު މިމައްސަލަ ހައްލުކޮށް އެކައުންޓްތައް ދޫކޮށްލާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އާދަޔާއި ހިލާފު ބޮޑެތި އަދަދުތައް ޖަމާކޮށްފައި ވާއިރު ބައެއް މުވައްޒަފުންނަށް ލިބެން ޖެހޭ މުސާރައަށް ވުރެ ކުޑަކޮށް ވެސް ޖަމާކޮށްފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން އަދި ވަކިއެއްޗެއް ނުބުނެ އެވެ.
މިކަމާ ގުޅިގެން ބައެއް މުވައްޒަފުން އަންނަނީ ނުރުހުންފާޅު ކުރަމުންނެވެ.
ސައިފްގެ "ކަރްތަވްޔާ" 15 މެއި ގައި ނެޓްފްލިކްސްއަށް އަންނަނީ
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި

ޕި ޕީސް