ޝަރުއީ ނިޒާމުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނުފޫޒު ފޯރުވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާގުޅިގެން އެފަދަ ހެތްކެއް ދައްކައިފިނަމަ ހަތް ހުވާ ކުރަން ތައްޔާރު ކަމަށް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ޒާހިރު ވިދާޅުވީ އެ މަނިކުފާނާ ގުޅޭ ގޮތުން ދައްކަމުންދަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"އަދި ހެކި ނުދައްކާ. ހެކި ދެއްކީމަ އަޅުގަނޑު ހަތް ފަހަރު ހުވާ ކުރާނަން،" އަލީ ޒާހިރު ވިދާޅުވި އެވެ.
އެކަން ކުރަންވާނީ ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަސްލު އޯޑިއޯއެއް ލީކުވެއްޖިއްޔާ ވަގުތުން އިސްތިއުފާދޭނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރާ ފަރާތްތަކުން ކުރާ ތުހުމަތުތަކަކީ ފިނޑިކަމުން ކުރާ ތުހުމަތުތަކެއް ކަމަށެވެ.
"އަޅުގަނޑާ ބެހޭގޮތުން އެފަދަ ވާހަކަތަކެއް ދައްކަނީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ނޯންނާނެ އެފަދަ ކަމެއްކޮށްފައި. ކީއްވެގެންތޯ ހަމަ އަޅުގަނޑުގެ ނަން؟ އެއީ ހަމަ އެހެން ބޭފުޅުންގެ ނަން ވިދާޅުވާން ނުކެރޭތީ އެމީހުން ފިނޑިކަމުން،" އަލީ ޒާހިރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާއަށާއި އޭނާއަށް ނިސްބަތްކޮށް ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތަކަކީ ވަރަށް ރޭވުންތެރިކަމާއެކު ބަޔަކު ކުރަމުންދާ ކަމެއް ކަމަށާއި އެގޮތުން މިހާރު ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝެޑިއުލް ކުރެވިފައިވުމަކީ އިއްތިފާގެއް ނޫން ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.
ރައީސް އޮފީހާއި ސަރުކާރުގެ ތެރޭގައި ވެސް ވަރަށް ނުފޫޒުގަދަ ބޭފުޅުން ވެސް އެބަތިބި ކަމަށާއި މިފަދަ ތުހުމަތުތައް ވަރަށް ކުރިއްސުރެ ވެސް ކުރެވެމުން އެބަދާ ކަމަށާއި ސީދާ އޭނާއަށް މިފަދަ ތުހުމަތު ކުރެވެނީ ނޫސްވެރިން ސުވާލުކުރުމުން ތަކުރާރު ކޮށް އަލީ ޒާހިރު ވިދާޅުވީ "އެބޭފުޅުން ފިނޑިކަމުން" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އޭނާ ޗީޕް އޮފް ސްޓާފްގެ މަގާމުގައި ހުންނަވަނީ ކޯލިޝަންގެ ތެރެއިން ކަނޑައެޅިފައިވާ ސްލޮޓްގެ ތެރެއިން ނޫން ކަމަށާއި، އަދި އެއީ އަދާލަތު ޕާޓީގެ މަގާމެއް ވެސް ނޫން ކަމަށެވެ.
އަލީ ޒާހިރާއި ގުޅިގެން ދެކެވޭ ވާހަތައް އޭނާ ދޮގުކޮށްފައިވާއިރު، ކޯޓުތަކަށް އަލީ ޒާހިރުގެ ނުފޫޒު ފޯރުވާކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބައިވެރިވި ފަނޑިޔާރުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ހައިލަމަށް ގުޅުއްވައި އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރުންގެ ތެރެއިން އަލީ އާދަމް ކަމަށް ތުހުމަތުވާ ބޭފުޅަކު އޭނާއަށް ގުޅުއްވައި ރައީސް ޔާމީނުގެ މައްސަލާގައި ބެންޗުގައި އިންނެވުމަށާއި، ހުރިހާ ކަމެއް ކުރައްވާނީ އަލީ ރަޝީދު ކަމަށް ވިދާޅުވެ އަލީ ޒާހިރު އޭނާއަށް އިރުޝާދު ދެއްވި ކަމަށް ވިދާޅުވާ އޯޑިއޯއެއް ވެސް ވަނީ ލީކުވެފަ އެވެ.
ކަލޭމެން ތިޔަ ނޫން ކަމެއް ނެތީތޯ. ގެދޮރު ނެތި ބިކަ ވެފައިވާ މީހުންނާއި އިޖުތިމާއީ މައްސަލަތައް ދޫކޮށް އަމިއްލަ ސުރުހީތައް ނޫސްތަކުގައި. ހައިލަމް ވެސް އަލްހާން އަތުން ލޯނެކޯ ނެގީ ގާޒީން ސިޔާސީ މީހުންކައިރީގައި އެނބުރުމުގެ ބަދަލުގައި ބެންކްއަކުން ވެސް ލޯނެއް ނަގާނަމަ ފަސްބައި ތާހިރު ވާނެ.
ހަމަ ކަށަވަރުން އަލީ ޒާހިރު ވަނީ މިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް ފުނޑާލާ ކުށެއް ނެތް މީހެއް ކަމުގައިވާ ރައީސް ޔާމީނަށް އަދުލު އިންސާފުގެ ކަންފުޅެއް ވެސް ނުހިމެނޭ ވަގު ހުކުމެއް ކޮށް ފައޭ އަދުލު އިންސާފުގެ ބޭރުން މީހުންނަށް ހުކުމް ކުރަން އެކަން ކުރާ މީހުންނަށް މިދުނިޔޭގައި ވެސް އަދި އާޚިރަތް ދުނިޔޭގައި ވެސް ސަލާމަތެއް ނޯންނާނެއޭ އަލީ ޒާހިރު އެކަމަށް މިދުނިޔޭގައި އެއްބަސް ނުވާނެއޭ އެކަމަކު އޭނާ އެކަން ކުރި ކަން އެއީ މުޖައްރިބު ކަމަކާއި ދާދި ގާތަށް އޭނާ އަށް ވަނީ އެކަން އަމާޒުވެފައޭ ފެންނާނެއޭ
ހެކި ދެއްކީމާ ސާބިތުވީއޭ.
ބަލަ އަނެއްކޮޅުން ވެސް ތިބީ ހުވާ ކުރަން ތައްޔާރަށް .ދެނޯ.
އެމެރިކާގެ ޕްރޮކްސީ އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރު އޮތް ރައީސް އިބޫގެ ވެރިކަމުގައި ރައީސް އޮފީހުގައި ކޮންމެހެން އުފައްދަން ނުޖެހޭ މަގާމެއް ކަމުގައިވާ ޗީފް އޮފް ސްޓާފް މަގާމް އުފައްދައިގެން ރާއްޖޭގެ ޝަރުއީ ކޯޓް ތަކުން ކުރަން ޖެހޭ ހުކުމް ތައް ރައީސް އޮފީހުގައި ހުންނަ ޗީފް އޮފް ސްޓާފަކު ލިޔެފައި ސްޕްރީމް ކޯޓަށް ހައި ކޯޓަށް އަދި ދަށު ކޯޓް ތަކަށް ފޮނުވުމުން ފިރުއައުނު ވެރިކަމަށް ވުރެން ނުބައި ވެރިކަމަކަށް މިވެރިކަން ވަނީ ބަދަ؛ލު ވެފައޭ އިސްލާމީ ޝަރީއާ ސްޕްރިންގް އެއަންނަނީއޭ ތަމެން ތިބޭތި ބަލަން
އަލީ ޒާހިރު ހަތް ހުވާ ކުރަން ރަށަށްދޭބަލަ. ތަމެން ދެން ހަތް ހުވާ ކުރަން ރަށަށް ދޭބަލަ. ތަމެން މޫނު ބަލާލުމުން ވެސް އިނގެއޭ ތަމެން ދޮގު ހުވާ ކުރަން ކުޑަވެސް ފަސް ނުޖެހޭނެ ކަަމަށް. އަލީ ޒާހިރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުން ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ
ހެކިނެތްކަން ދައްކާދޭނަން ﷲ ހަރުކުރައްވާފައިވާ ހިތްތަކަކަށް ހެޔޮގޮތް ނުވިސްނޭނެ. ހެކި ރަގަޅަށް ދައްކާ ދޭނަން. ކަލޯ ދިގު މުއްދަތަކަށް ޖަލަށް ގަޅުވާލާނަން. ނިކަން ހުރެ ބަލާތި. ދޮގު ހުވާކޮށްގެން ކަންކަމުން ނުރެކެވޭނެ.
އަލީ ޒާހިރު އަކީ އެއީ ބާތިލް ގަބޫލުކުރާ މީހަކަށްވާއިރު އޭނާ ހަތް ހުވާ ނޫން ހާސް ހުވާ ވެސް ކުރާނެއޭ ޔަގީނުން ވެސް އިނގޭ އެއްޗަކީ އެއީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކަށް ހުރެ އަލީޒާހިރު ހިންގާފައިވާ ކަންކަމަކީ އެއީ މިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް އޮޅާލާ ފާރުބުޑަށް ޖެހުން ފަދަ ކަމެކޭ. އަލީ ޒާހިރު ހީނުކުރާތި މިވެރިކަން ނުނިމޭނެ ކަމަށް. މިވެރިކަން ނިމޭނީ ތަމެން ހީވެސް ނުކުރާ ގޮތަށޭ. އެމެރިކާ އެއޮތީ އަފްއާނިސްތާނުގައި ބަލިވެފައޭ ދެން މިވެރިކަން ވެސް ވާނީ ބަލިކަށިއޭ އިންޑިއާ އަށް އެޅޭނެ ބްރިޖެއް