އަންހެނުން ބާރުވެރި ކުރުމަށް ހަދާ "ޖަލްސާ" ސޫޓިން ބޮލީވުޑްގެ ބަތަލާ ޝެފާލީ ޝާހް ނިންމާލައިފި އެވެ.

މި ފިލްމުގެ ޝޫޓިން ނިންމާލިކަން ހާމަކުރުމުގެ ގޮތުން އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމުން އެންމެ އުނދަގޫވާ ކަމަކީ ވަކިވާން ޖެހުން ކަމަށާއި އޭނާ ވަކިވެގެން ދަނީ ފޮނި ހަނދާންތަކަކާ އެކު ކަމަށެވެ. އަދި އޭނާ ވަނީ މުޅި ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.

https://www.instagram.com/p/CUSgxpPoaoJ/

މި ފަހުން ވަރަށް ގިނަ ފިލްމުތަކާއި ވެބް ސީރީޒްތަކުގައި ވެސް މަސައްކަތްކުރަމުން އަންނަ ޝެފާލީއަކީ މި ވަގުތު ބޮލީވުޑްގައި ސަޕޯޓިން ރޯލުތައް ކުޅޭ ބަތަލާއިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ.

ވިދްޔާ ބާލަން ލީޑް ރޯލުން ފެނިގެންދާ "ޖަލްސާ"ގެ މައިގަނޑު ރޯލުތަކުން ފެންނާނެ އެހެން ތަރިންނަކީ އިގުބާލް ޚާން، ރޯހިނީ ހަތަންގަނީ، ވިދަތްރީ ބަންދީ، ގުރްޕަލް ސިން އަދި ސޫރިޔާ ކާޝީބަތުލާ އެވެ.

https://www.instagram.com/p/CSeXkqTiG5y/

"ޖަލްސާ"އަކީ ވިދްޔާ ބާލަންގެ "ތުމްހާރީ ސުލޫ" ގެނެސްދިން ޑައިރެކްޓަރު ސުރޭޝް ޓްރިވެނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭގެ އިތުރުން ސްކްރިޕްޓް ލިޔުމުގައި އޭނާ ވަނީ ޕްރަޖްވާލް ޗަންދްރަޝޭކަރް އާއި ބައިވެރިވެފަ އެވެ.

ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އިޢުލާނު ނުކުރި ނަމަވެސް ފިލްމު ރިލީޒްކުރާނީ 2022 ގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޝެފާލީ އެންމެ ފަހުން ފެނިފައި ވަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން އެންތޮލޮޖީ ފިލްމު "އަޖީބު ދާސްތާންސް" އިންނެވެ.