މިއަދު ޓެސްޓް ކުރި 3،668 ސާޕަލްގެ ތެރެއިން ކޮވިޑަށް 46 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި 3،668 ސާޕްލް ޓެސްޓް ކޮށްފައިވާއިރު އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 46 މީހުންނެވެ. އެއީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 14 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 22 މީހަކު އިތުރުން ރިސޯޓްތަކުން ނުވަ މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86،211 މީހުންނަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،242 މީހުންނެވެ. މިހާތަނަށް 84،718 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 13 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިބަލީގައި މިހާތަނަށް 238 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.