ސިއްހީ ހޭލުންތެރިކަން އިތުރުވެ ހަށިގަނޑަށް ފައިދާހުރި ތަރުކާރީ ބޭނުންކުރަމުން އަންނަ މީހުންގެ އަދަދު މަދުން ނަމަވެސް އިތުރުވަމުން ދާކަން މިހާރަކަށް އައިސް ފާހަގަ ކުރެވެ އެވެ. އެގޮތުން ކުރިން އާންމުކޮށް ދިވެހި ބާޒާތުތަކުން ފެންނަން ނުހުންނަ ބައެއް ތަރުކާރީ މިހާރު ދިވެހި ބާޒާރު ތަކުގައި އާއްމުވެފައި އެބަހުއްޓެވެ.
އެގޮތުން ބާޒާރުތަކުން އާއްމުކޮށް މިހާރު ފެންނަ ބޮރޮކޮލީ އަކީ ވަރަށް ގިނަ ފައިދާ ހުރި މާއްދާތަކުން މުއްސަނދި ވެފައިވާ ފެހިކަން ގަދަ ތަރުކާރީއެކެވެ. އެއީ ގިނަ އަދަދަކަށް ވިޓަމިން ހިމެނުމާއެކު މިނަރަލްސް އާއި ފައިބާ ވެސް ހިމެނޭ ކެލޮރީ މަދު ތަރުކާރީއެކެވެ. ހަޖަމުކުރާ ނިޒާމާއި ހިތުގެ ދުޅަހެޔޮކަމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށް ކޮށްދޭ ވަރަށް ރަނގަޅު ތަރުކާރީ އެކެވެ.
ސަރުބީ އެއްވެސް ވަރަކަށް ނުހުންނަ މި ތަރުކާރީ ތަފާތު އެކި ގޮތް ގޮތަށް ކެއުމުގައި ބޭނުން ކުރެވެ އެވެ. އެގޮތުނު ރޯ ނުފިލުވާ ވެސް ބޭނުން ކުރެވޭއިރު ސްޓީމް ކޮށްލައިގެން ނޫނީ ކައްކައިގެން ނުވަތަ ސްމޫތީއެއް ތައްޔާރުކޮށްލައިގެން ވެސް ބޭނުންކޮށްލަން ރަނގަޅުވާނެ އެވެ. ނަމަވެސް މި މީރު ތަރުކާރީ މާގިނަ އިރު ކެއްކިއްޖެނަމަ މީގެން ލިބެންވީ ފައިދާ އެންމެ ފުރިހަމައަށް ނުލިބުން އެކަށީގެންވެ އެވެ. އެހެން ކަމުން ކުޑަކޮށް ކައްކާލުމުން ލިބެންވީ ފައިދާ ފުރިހަމައަށް ލިބުމާއެކު ރަހަ ވެސް މީރުވެ އެވެ.
ބަރުދަން ލުއިކޮށްލަން ބޭނުންވާ ފަރާތްތަކުން ދުވަހުގެ ޑައެޓް ގައި ހިމަނާލަން އެންމެ މުހިންމު އެއް ތަރުކާރީ އަކީ ބްރޮކޮލީ އެވެ. މިއީ ކަށިތައް ވަރުގަދަކޮށްދީ ލޭ މައްޗަށް ދިއުމުން ދުރުކޮށްދޭ ތަރުކާރީ އެއްވެސްމެ އެވެ. ކެއްކުމަށްވުރެ ސްޓީމް ކޮށްލައިގެން މިތަރުކާރީގެ ފައިދާ ފުރިހަމައަށް ލިބެ އެވެ.
މި ތަރުކާރީ އަކީ ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުމުގެ އިރުން ކެންސަރާ އިދިކޮޅަށް މަސައްކަތް ކޮށްދޭ ތަރުކާރީއެކެވެ.