ސައިކަލެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
މިކަމާ ގުޅޭ ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ވަގުތެއްގައި ކާނޭޝަންމަގު ފަރީދީ މިސްކިތް ކައިރީގައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހޯދަމުން ގެންދާ ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ދެ މީހުންނަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ، ނުހޯދިފައިވާ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ޕްރައިމަރީ ނުބާއްވައި ވިލިނގިލީ ކައުންސިލްގެ ރައީސްގެ ޓިކެޓް ދީފި
ސަރުކާރު ކުންފުނިތަކުގެ ޒިންމާއަކީ ސިޔާސީ އެޖެންޑާއަށް ހަދައިފި
ރަންވީރުގެ "ދުރަންދަރް" ބޮލީވުޑްގެ ގަދަ 10 އަށް!
