އިންޑިއާގެ މަގުބޫލު ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް" މިފަހަރުގެ ސީޒަން ގެނެސްދެނީ އެހެން ސީޒަންތަކާއި ހިލާފަށް ޑްރާމާއި ބޮޑު ސީޒަންނެކެވެ. ކޮންމެ ދުވަހަކު ވެސް "ބިގް ބޮސް" ގޭ ތެރެއިން ތަފާތު ކަންކަމާ ބައިވެރިން ކުރިމަތިލާ ޖެހޭއިރު ހަފްތާ ނިމިގެން ދަނީ "ބިގް ބޮސް" ގެއިން ކޮންމެވެސް އެއްބައިވެރިޔަކު އަލްވަދާއު ކިޔަން ޖެހެ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ބެލުންތެރިންގެ މަދުން ވޯޓު ލިބިގެން މިފަހަރު "ބިގް ބޮސް 15" އިން އަލްވަދާއު ކިޔަން ޖެހުނީ އަކާސާ އަށެވެ.

އަކާސާ އަކީ މަޖާ ހިތްހެޔޮ އަދި މީހުންނަށް އެހީވުމުގެ ސިފަވެފައިވަނީ އެނާ މިހާ ހިސާބައް ގެނެސްދިން ސަބަބެއް ކަމުގަ އެވެ.

އަކާސާ އާ ޕުރަތީކް އާ ދެމެދު ވަރުގަދަ ގުޅުމެއް އޮތްއިރު އަފްސާނާ ނޫން އެހެން ތަރިންނާއެކު އޭނާ ވަނީ އެކުވެރި ގުޅުމެއް ބާއްވާފަ އެވެ. ނަމަވެސް "ބިގް ބޮސް 15" އހެން ބައިވެރިން ގަބޫލުކުރާ ގޮތުގައި އަކާސާއަށް މިހާ ހިސާބައް އާދެވުނީ ޕުރަތީކް ގެ ފަހަތުގައި ހުރީތީވެ އެވެ. އަކާސާ ވަނީ އިމޯޝަނަލީ ވަރުގަދަ ނޫން ކަމަށް އެއްބަސްވެ ބިގް ބޮސް އަށް އައުމަކީ ނެގުނު ގޯސް ނިންމުމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އަކާސާވަނީ މިސީޒަންގައި އުފާވެރި ރީތި ވަގުތެއްވެސް ހިއްސާކޮއްފަބިގް ބޮސް އިން ނުކުތުމަށް ފަހު އަކާސާ ބުނެފައިވަނީ ކަމެއް ނުކޮށް މެދު ތެރެއިން ދޫކޮށް އާދެވުމުގެ އިހުސާސް ކުރެވޭތީގެ ހިތް ބަރުވެފައިވާކަމަށެވެ. ނަމަވެސް ކުރެވުނު ދަތުރު ކިތައްމެ ކުޑަ ނަމަވެސް ފަހުރުވެރިވާ ކަމަށެވެ. ބިގް ބޮސް ހައުސް މަތިން ވަރައް ހަނދާވާނޭ ކަމަށާއި ހާއްސަކޮށް ގާތް ގުޅުމެއް ބޭއްވުނު ބައެއް މީހުން މަތިން ކަމަށް އަކާސާ ބުންޏެވެ.

https://www.instagram.com/p/CVvP4zcDnIA/

މިފަހްތާ ނިމިގެންދިޔައިރު ބައިވެރިން ހިތުގައިވާ ރުޅިވެރިކަމާއި ނަފުރަތު މިހަފްތާގެ "ވީކެން ވާރު" ގައި ސަލްމާން ހާން ވަނީ ބައިވެރިންނަށް އޮޅުން ފިލުވައިދީފަ އެވެ. އަދި އެއް ބައިވެރިޔަކު އަނެއް ބައިވެރިޔާ މެދުގައި ދެކޭ ގޮތް ހާމަކުރުމަށްޓަކައި ތަފާތު ގޭމްތަކެއް ވަނީ ކުޅެފަ އެވެ.

https://www.instagram.com/p/CVu1iVmj5uI/

މި ފެށިގެންދާ ހަފްތާއަކީވެސް "ބިގް ބޮސް 15" ގައި ތަފާތު އެކި ކަހަލަ މަންޒަރުތައް ފެނިގެންދާނެ ހަފްތާއަކަށް ވާނެ އެވެ.