އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި ބާއްވާ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު "އަވަސް" އޮންލައިންއަށް ދެއްވި އިއްޓަވިއުއްގައި ބުނެފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި ބާއްވާ ބައްދަލުން އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށެވެ. އަދި އެބައްދަލުވުމުގައި އެންމެ ކުޑަ އުޖޫރައަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވެސް އޮފިޝަލު ވަނީ ބުނެފަ އެވެ. މިބަދަލުތައް ގެންނާނީ ކޮވިޑްގެ ހާލަތަށް ބަލާފައި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރު ވެގެންދާއިރުވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިފައިނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން މިނިސްޓަރަށް ދޭނެ ލަފާއެއް މިނިމަމް ވޭޖު ބޯޑުން ފާސްކޮށް ހުށަހަޅާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެގޮތުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ފާސްކޮށްފައި ވަނީ 5،700 ރުފިޔާ އެވެ. މިގޮތަށް ހުށައަޅާފައި ވަނީ ވެސް މިނިމަމް ވޭޖު ކަނޑައެޅުމުގެ ތާރީހު އެތައް ފަހަރެއްގެ މަތިން ދިނުމަށްފަހު ރައްޔިތުން އަޑުއުފުލާ އިޖްތިޖާޖު ކުރަން ފެށުމުންނެވެ.
ރަސްމާލެ މަޝްރޫއާމެދު ރައްޔިތުންގެ ވޯޓެއް ނަގަން ގޮވާލައިފި
މިނިމަމް ވޭޖު ލަފާ ދިރާސާ ކުރަނީ
އެންމެ ދަށް މުސާރައަކީ 5،700ރ.
