ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ އެސިސްޓެންޓް ސެކެޓްރީ ފޯ ސްޓޭޓް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް، ޑޮނަލްޑް ލޫ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
އެމެރިކާ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޑޮނަލްޑް ލޫ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ.
މި ދަތުރުފުޅުގައި ޑޮނަލްޑް ލޫ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން މާލޭގައި އެމެރިކާގެ އެމްބަސީ ހިންގާނެ ބިމެއް ހޯދުމަށް ދިވެހި ސަރުކާރާއި އެމެރިކާގެ ސަރުކާރުން މަޝްވަރާތަކެއް ކުރައްވާފައިވާނެ ކަމަށް ކުރިން ބުނެފައިވެ އެވެ.
އެމެރިކާ އިން ވަނީ ރާއްޖެއަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްފީފަ އެވެ. އެގޮތުން މީގެ ދެމަސް ދުވަސް ކުރިން ވެސް އެމެރިކާއިން ވަނީ ރާއްޖެއަށް 128،700 ޑޯޒް ފައިޒާ ވެކްސިން ހަދިޔާކޮށްދީފަ އެވެ.
އޮންލައިން ވަގުތު ގިނަވުމުން ސްޓްރެސް ބޮޑުވަނީ ކީއްވެ؟
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން
ކުޑަ ކުދިންނަށް ތި ހީކުރާ ވަރަށްވުރެ ގިނައިން ނިދި ބޭނުންވޭ!
