މިއަދު ރާއްޖެއިން ޓެސްޓްކުރި 3،906 ސާމްޕަލް އިން 159 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވީ މާލެ ސަރަހައްދުން 19 މީހުންނާއި، އެކި ރަށްރަށުން 124 މީހުންނާއި ރިސޯޓުތަކުން 16 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 89،999 އަށް އަރާފަ އެވެ.

މިއަދު ޓެސްޓްކޮށްފައި ވަނީ 3،906 ސާމްޕަލް އެވެ. މިއާއެކު އަތޮޅުތަކުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރުވެފައިވާއިރު މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އަންނަނީ ދަށްވަމުންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،201 މީހުންނެވެ. މިހާތަނަށް 87،538 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ނުވަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 247 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.