ގިނަ އަދަދެއްގެ ޑޮލަރު ކަޅު ބާޒާރުގައި ވިއްކާ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހަކު ޑީޕޯޓްކޮށްފި އެވެ.
މި މައްސަލަ އާ ގުޅިގެން ޑީޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝްގެ މުހައްމަދު ފިރުދައުސް އާއި ރޮބީއުﷲގެ އިތުރުން ޝޮހެލް އާއި މުހައްމަދު އިގްބާލު ހޮސައިން އެވެ.
އެ މީހުން ވަނީ މިމަހުގެ 10 ވަނަ ދުވަހު ރާއްޖެ ނާދެވޭ ގޮތަށް ޑާކާއަށް ފޮނުވާލާފަ އެވެ.
މި މައްސަލައިގައި ޑީޕޮޓްކުރި ރޮބީއުﷲ ވަނީ ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތައް ބޭނުންކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކޮށްފަ އެވެ. އަދި ފިރުދައުސް އަކީވެސް ޖަމާއަތް ހަދައިގެން ބޭރު ފައިސާ ގަނެ ވިއްކާ މީހެއް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.
އޭގެ އިތުރުން ގަވާއިދާއި ހިލާފަށް ރާއްޖެ އައިސް އުޅޭ ބިދޭސީންގެ ތެރޭގައި މުހައްމަދު އިގްބާލު ހޮސައިން އަދި ޝޮހެލް ހިމެނޭއިރު، އެދެމީހުންވެސް ވަނީ ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާއި ހިލާފުވެ، ސައްހަ ނޫން ލިޔެކިޔުންތަކުގެ އެހީގައި ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާފަ އެވެ.
ރާއްޖޭގައި ކަޅު ބަޒާރުގެ ޒަރިއްޔާއިން ވިޔަފާރިކޮށް މަންފާ ނެގުން ވަނީ އާންމު ކަމަކަށްވެފަ އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގައި ރާއްޖެއަށް ވެސް އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވެފައިވާއިރު، މިކަމަށް ހައްލެއް ލިބުމުގައި ޑޮލަރު ހިފެހެއްޓޭނެ ގޮތެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް އިގްތިސާދީ މާހިރުން ލަފާދެ އެވެ.
ތި ހަތަރު މީހުން ކުރެ ކޮންމެ މީހަކަށް 4 މީހުން ހެންވޭރު ބީއެމްއެލް ކައިރީގައި ގާނޫނާ ގަވާއިދާ ޚިލާފަށް ތި މުއާމަލާތްތައް އެބަ ހިންގާ. ރެޔާ ދުވާލު. ބަލާނެ މީހަކު އަޅާލާނެ މީހަކުނެތް. ފުލުހުން ދުވަނީ ސްޓިކަރ ޖަހަން. މި ބަންގްލަދޭޝް މީހުން މި ރާއްޖޭގައި ހިނގާ ހުރިހާ ގާނޫނާ ޚިލާފް ކަންތައްތަކުގައި އެބަ އުޅޭ. އެކަމަކު މިއިން މީހެއްގައި އިނގިލި ޖައްސާލާކަށެއް ނުކެރޭ. ކިހާ ބޮޑު ... ވެރިކަމެއް މީ. މި މީހުން ފެއްސެން ވެއްޖެނުން. މުޅި ގައުމު ހަލާކު ކޮށްލައިފި. ޕޯޑިއަމް އަށް އަރާ ހުސް ދޮގު.