މާލެ ސަރަހައްދުގެ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 200 އިން ދަށަށް ހިނގައްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1،128 މީހުންނެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 155 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 806 މީހުން ހިމެނެ އެވެ. މީގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 65 މީހުންނާއި ސަފާރީތަކުން ހަތަރު މީހަކު ވެސް ހިމެނެ އެވެ

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 158،031 އަރާފަ އެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ވަނީ 14 ޕަސެންޓަށް ދަށްވެފަ އެވެ. މިދިޔަ މަހު މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް އުޅުނީ 30 ޕަސެންޓަށް ވުރެ މަތީގަ އެވެ.

މިވަގުތު 16،161 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު، އޭގެ ތެރެއިން 41 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި 141،569 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މި ބަލީގައި 288 މީހަކު ވަނީ ނިޔާވެފަ އެވެ.