މާލެ ސަރަހައްދުން 27 ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ 306 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުޅި ރާއްޖެއިން 1,853 ސާޕަލް ޓެސްޓް ކޮށްފައިވާއިރު މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 403 ސާޕަލް އެވެ.

މީގެ ތެރެއިން މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 27 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 245 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 22 މީހުންނެވެ.

މިއަދު އަލަށް 306މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ 172,576 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު 14,469 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން އަށް މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނެވެ. އަދި 157،797 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި 297 މީހަކު ވަނީ ނިޔާވެފަ އެވެ.