އެމްޑީޕީގެ އެންމެ ބޮޑު ބިރަކީ އެ ޕާޓީ ބައިބައިކޮށްލަން އުޅުންކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ބަހުގެ ހަމަލާތަކެއް ދީފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބު ފޯރިގަދަވެފައިވާއިރު އެމަގާމަށް ވާދަކުރައްވާ ދެ ބޭފުޅުން ވެސް އަންނަނީ ވަރުގަދައަށް ކެމްޕޭން ކުރައްވަމުންނެވެ.
ލ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ އިންތި ވިދާޅުވީ އެމްޑީޕީއަށް މި ވަގުތު އޮތް އެންމެ ބޮޑު ބިރަކީ އަދި ނުރައްކަލަކީ އެމްޑީޕީގެ މެމްބަރުން ބައިބައިކޮށްގެން އަމިއްލަ ބާރުވެރިކަން ހޯދަން ބަޔަކު މަސައްކަތް ކުރުން ކަމަށެވެ.
ނުސީދާ ގޮތުން ފައްޔާޒާއި އޭނާއަށް ތާއީދުކުރާ އިސް މެމްބަރުންނަށް ރައްދުކުރައްވައި އިންތި ވިދާޅުވީ ބައިބައިކޮށްގެން ބާރު ވެރިކަން ހޯދައިގެން، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"ހަމަ ޝައްކެތް ނެތް އެ މަގަށް އެ މަސައްކަތް ކުރަނީ މި ޕާޓީ ހަލާކުކޮށް، މި ޕާޓީ ފަޅާލަން، މި ޕާޓީއަށް 2023ގެ އިންތިހާބު ގެއްލުވާލަން މަސައްކަތްކުރާ މީހުން،" އިންތި ވިދާޅުވި އެވެ.
އެމްޑީޕީއަކީ އަބަދުވެސް ރާއްޖޭގައި އެންމެ ގިނަ ބަޔަކު އިތުބާރު ކުރާ އެންމެ ވަރުގަދަ ޕާޓީ ކަމަށް އިންތި ވިދާޅުވި އެވެ. ނަމަވެސް ފައްޔާޒުގެ ކެމްޕެއިން ޓީމުން ކުރާ މަސައްކަތުން އެޕާޓީ އަށް އޮތް ޖޯޝާއި ފޯރި ކުޑަވެގެން ދާ ކަމަށް އިންތި ވިދާޅުވި އެވެ.
މިއަދު އެމްޑީޕީގެ މެންބަރުންނަށް ވަޒީފާގެ ބިރު ދައްކަމުން ވަޒީރަށް ވޯޓު ނުދެއްވައިފި ނަމަ "ރަށް ފަޅުކުރާނަމޭ" ވިދާޅުވެ ބިރުދައްކަމުން ގެންދާ ކަމަށެވެ. އެކަންކަމަކީ އެއް އިރެއްގައި ވެސް އެމްޑީޕީ އިން ރުހޭނެ ކަމެއް ނޫން ކަމަށްވެސް އިންތި ވިދާޅުވި އެވެ.
"މުޅިން މި ޕާޓީ ދުރުކޮށް އެކަހަރިކޮށް މި ޕާޓީ މިނިވަންކޮށް މިކަން ކަން ހާސިލްކުރިފަހުން އަނެއްކާ އެއްކަލަ ބާތިލް ގޮތްތަކަށް ގެންދާތަން މި ފެންނަނީ. މިއީ މި ޕާޓީއާ ގުޅޭ ކަމެއް ނޫން އަހްލާގެއް ނޫން، މި ޕާޓީގެ މަސްލަހަތެއް ނޫން މި ގައުމުގެ މަސްލަހަތެއްވެސް ނޫން،" އިންތި ވިދާޅުވި އެވެ.
ތިޔަޕާޓީ ބައިބައި ކުރަނީ އަންނިގެ ޓީމުން ރައިސް ސޯލުހްއައް އެބާރުލުން ދީގެން އުޅުނީމަ ބައިބައި ތިޕާޓީނުވާނެ ރައިސް ސޯލިހް ދެވަނަ ދައުރަކައް ތިޔަޕާޓީން ދޭންޖެހޭ ޕެންޑަމިކްގަވެސް ވަރައް ފުރިހަމަކޮއް ގެންދިޔައީ ގަުއުމުގެ ޕްލޭން ތައް ދޮގެއްތޯ އަންނި އަދި އިންތިމެން ބަސްއަހައިގެން ޕާޓީ ބައިބައި ނުކޮއް ރައިސް ސޯލިހް އައް ބާރުލުން ދިނީމަ ތިޕާޓީ ބައިބައި ނުވާނެ ގައުމުގެ ވެރިމީހާއް އެއް ބާރުލުން ދޭންވާނެ ވެރިކަމެއް ބޭނުންހާ އެއްޗެއް ކިޔައިގެން ނުލިބޭނެ