ކޮމަންވެލްތު އުފެދިގެން އައި މަގުސަދާއި ހިލާފުވަމުން ދާއިރު، ކޮމަންވެލްތުގައި ދެމި ތިބުމާމެދު އިސްލާމީ ގައުމުތަކުން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ކޮމަންވެލްތު ގައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރަން، އިނގިރޭސިވިލާތުން 2.7 މިލިއަން ޕައުންޑު އެހީގެ ގޮތުގައި ދިނުމަށް ނިންމުމާ ގުޅިގެންނެވެ.
އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ އެކަމަށް ކޮމަންވެލްތުން ފަންޑު ދޭކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ހިއްސާ ކުރައްވަމުން ޑރ. ޝަހީމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ކޮމަންވެލްތު މިހާރުދަނީ އުފެދުނު މަގުސަދާ ހިލާފުވަމުން ކަމަށެވެ. އެހެންކަމުން، ކޮމަންވެލްތުގެ ކުޑަ ދަށުގައި އިސްލާމީ ގައުމުތައް އޮންނަން ނުޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ކޮމަންވެލްތު އުފެދިގެން އައި މަގުސަދާއި ހިލާފުވަމުން ދާއިރު، ކޮމަންވެލްތުގެ ކުޑަ ދަށުގައި އިސްލާމީ ގައުތައް އޮންނާކަން ނުޖެހޭނެ. ކޮމަންވެލްތުގައި ދެމި ތިބުމާމެދު އިސްލާމީ ގައުމުތަކުން ދެވަނަ ވިސްނުމަކަށް ގޮސް އިނގިރޭސި ފިކުރީ އިސްތިއުމާރު ނިމުމަކަށް ގެންނަންޖެހޭ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ކޮމަންވެލްތާ ރާއްޖެ ގުޅުނީ 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ.
ރައީސް މައުމޫންގެ ވެރިކަން ނިމި ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ ގާއިމުކުރި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެޖަމިއްޔާއިން ވަރަށް ބޮޑަށް ވަދެ ގޮތްކިޔަމުން ގެންދިޔަ އެވެ.
ކޮމަންވެލްތުން މިފަދަ ކަންކަން ފަތުރާ، ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހޭތީ ކުރީގެ ރައީސް ޔާމީން އވަނީ ކޮމަންވެލްތުން ރާއްޖެ ވަކިކޮށްފަ އެވެ. އެހެން ނަމަވެސް ފަހުން ރައީސް ސޯލިހް ވަނީ އަލުން ކޮމަންވެލްތާ ގުޅިފަ އެވެ.
އިގިރޭސިން އުޅެނީ އިސްތިއުމާރީ ކޮމަން ކުޑައެއްޖަހައިގެން ކުދި ޤައުމުތަކުގެ މުއްސަދިކަން ލޫޓުވައިގެން ނުންތޯ ! މިނިވަން ވާންޖެހޭ އިސްލާމީ ޤައުމުތަށް ހުރިހާ އަޅުވެތި ކަމަކުން ! އެއްކައުވަންތަ ﷲ ގެ އަޅުވެތިކަން ފިޔަވާ ހުރިހާ ވައްތަރެއްގެ އިންސާނީ އަޅުވަންތަކަމުން މިންޖުވާންޖެހޭ !