މާލޭގައި ރޭ ވަރަށް އަނިޔާވެރިކޮށް މަރާލި ފުވައްމުލަކު މާދަޑު އަވަށު، ކުރި، ޝިއާއު ސައީދުގެ މަރުގެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލީ ޝަހީލްގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކުރިމިނަލް ކޯޓުގައި ބާއްވާ އަޑުއެހުން ސިއްރުކުރަން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިލްގެ ބަންދުގެ މުއްދަޔު މިއަދު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް ފުލުހުންގެ އެދުމުގެ މަތިން ކޯޓުން ވަނީ މި ޝަރީއަތުގެ އަޑުއެހުން ސިއްރު ކޮށްފަ އެވެ. އެހެން ނަމަވެސް މި އަޑުއެހުން ސިއްރު ކުރީ ކުރަން ފުލުހުން އެދުނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި އެއް މަރުގެ ހާދިސާ އެވެ.

އަންހެން ކުއްޖާގެ ހަށިގަނޑު ދުށް މީހަކާ ހަވާލާދީ އެ ނޫސްވެރިޔާ ބުނީ، ބޯ ބުރިކުރުމުގެ އިތުރުން އުޅަނބޮއްޓާ ހިސާބުން އަތް އޮތީ ބުރިކޮށްލައިފަ އެވެ. ދެ ފައި ވެސް ބުރިކޮށްލައިފައިވާ ކަމަށް އެ މީހާ ހަވާލާދީ ނޫސްވެރިޔާ ބުންޏެވެ

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ އަންހެން ކުއްޖާގެ ހަށިގަނޑު ފުލުހުން ބޮޑީ ބޭގަކަށްލައިގެން ގެންދިޔައިރު ވަކި ދެ ބޭގެއް ގެންދިޔަ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ ވަކި ގެންދިޔަ ބޭގަކީ އެ އަންހެން ކުއްޖާގެ ބޯ ހިފައިގެން ދިޔަ ބޭގް ކަމަށް އޭނާ ބުންޏެވެ.

ޝިއާއުގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް ނޫސްވެރިޔާ ބުންޏެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ޝާހިލަކީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ މަޝްހޫރު ޒުވާން ސްކޭޓަރެކެވެ.

ރޭގެ ވަގުތެއްގައި ޒުވާން އަންހެންކުއްޖަކު މަރައިލި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކުރިކަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް މި މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުން ހާމަނުކުރެ އެވެ.