މަރުކަޒީ ސަރުކާރަށް ހިފަހައްޓާފައި އޮތް ބާރުތައް، ގާނޫނު އިސްލާހުކޮށް ކައުންސިލްތަކަށް މި ސަރުކާރުން ދޫކޮށްލައި ތަންފީޒުކުރުމުގައި މިހާތަނަށް ދިމާވި ގޮންޖެހުންތަކަށް މަޝްވަރާކޮށް، ހައްލުތައް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަށް، ކުރިއަށްގެންދަވާ ސިލްސިލާ ކޮންފަރެންސް "ވިއަވަތި ކޮންފަރެންސް" ފެށުމަށް މިރަށް މިއޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ދ.އަތޮޅާއި، ތ.އަތޮޅާއި، ލ.އަތޮޅާއި، ގއ. އަދި ގދ. އަތޮޅުގެ އިތުރުން ދެކުނުގެ ބޮޑު ދެ ސިޓީ، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއިން ވެސް ބައިވެރިވާ މިކޮންފަރެންސްގައި 250 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެ އެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބޭއްވި ކުޅިވަރު ފެސްޓިވަލުގައި ރައީސް ސޯލިހު ބައިވެރިވަޑައިގަންނަވަނީ

މާދަމާ ވިއަވަތި ކޮންފަރެންސްގެ ރަސްމީކޮށް ފެށުމުގެ ކުރިން މިކޮންފަރެންސްގައި ބައިވެރިވާ ބައިވެރިން އެކަކު އަނެކަކު ދެކެފަރިތަ ވެލުމުގެ ގޮތުން މިއަދު ހަވީރު ވަނީ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތްތަކުގައި ރައީސް ސޯލިހާއި މިނިސްޓަރުންނާއި ދައުލަތުގެ އިދާރާތަކުގެ ވެރިންނާއި ކައުންސިލްތަކުގެ ރައީސުން އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ލ. ގަން، ޒޯން ސްޓޭޑިއަމްގަ އާއި، އެ ރަށުގެ ގޮނޑުދޮށް ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ހުރިހާ ކުޅިވަރު ހަރަކާތެއްގައި ރައީސް ސޯލިހު ވަނީ ވަރަށް ޖޯޝާއެކު ބައިވެރިވެ އެ ކުޅިވަރުތައް ކުޅުއްވާފަ އެވެ. މި ކުޅިވަރުތައް ކުރިއަށް ގެންގޮސްފައި ވަނީ ޓީމުތަކަކަށް ބަހާލައިގެންނެވެ. ރައީސް ކުޅުއްވާނެ ޓީމެއް ހޮވާފައިވަނީ ގުރުއަތު ލައިގެންނެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބޭއްވި ކުޅިވަރު ފެސްޓިވަލުގައި ރައީސް ސޯލިހު ބައިވެރިވަޑައިގަންނަވަނީ

ރައީސް ސޯލިހުގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބޭއްވި ކުޅިވަރު ފެސްޓިވަލުގައި ރައީސް ސޯލިހު ބައިވެރިވަޑައިގަންނަވަނީ

ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އތމ ކޮމެޓީ ބައިވެރިވާ ގޮތަށެވެ. މިގޮތުން މިއީ މިގޮތަށް ބާއްވާ ތިން ވަނަ ކޮންފަރެންސް އެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބޭއްވި ކުޅިވަރު ފެސްޓިވަލުގައި ރައީސް ސޯލިހު ބައިވެރިވަޑައިގަންނަވަނީ

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސް ސޯލިހާއި ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

ވިއަވަތި ކޮންފަރެންސްގެ ފުރަތަމަ ކޮންފަރެންސް 2019 ވަނަ އަހަރު ކްރޮސްރޯޑްގައި ބާއްވާފައިވާއިރު ދެ ވަނަ ކޮންފަރެންސް މިއަހަރު އއ. އުކުޅަހުގައި ވަނީ ބާއްވާފަ އެވެ.