މާލޭގެ އިރުމަތި ފަރާތުގެ ސަލްމާން މިސްކިތް ސަރަހައްދަށް އުދަ އަރާތީވެ މާލެ ސިޓީ ކައުންސިލުން އެސަރަހައްދުގައި ފާރެއް ރާނައިފި އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި މާލެ ސިޓީ ކައުންސިލުން ރޭނި ފާރުގެ ފޮޓޯތަކެއް ވަނީ ހިއްސާކުރައްވާފަ އެވެ.

Adv by Coca Cola
Coca Cola
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަހައްދަކީ މާލޭގައި ވަރަށް ގަދަޔަށް އުދައަރާ ސަރަޙައްދެކެވެ. އަދި އުދައަރާ ކޮންމެ ފަހަރަކު މާލެ ސިޓީ ކައުންސިލުން އެ ސަރަހައްދު ސާފުކޮށް ހަދަ އެވެ.

މި ފާރު ރޭނި ފަހުން މާލެއަށް އުދަ އެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކަން ފާހަގަކުރެވެ އެވެ. އަދި އެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ވެސް ލޮނުގެ އަސަރު ކުރުމުން ރައްކާތެރި ކޮށްދެ އެވެ.

އިއްޔެ މާލެއަށް އުދައެރުމުގެ ސަބަބުން ކާނިވާ ސަރަޙައްދާއި، ބޮޑުތަކުރުފާނުމަގުގެ ބޮޑު ސަރަޙައްދަކަށް ވަނީ ލޮނުގެ އަސަރުކޮށްފަ އެވެ.

މާލެއަށް އުދަ އަރާފައިވާއިރު، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އުދަ އަރާނެކަމަށް ލަފާކޮށް އެ ސަރަޙައްދުތަކަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.