އިންތިހާބާ ކައިރިވުމުން ދައްކާނެ ލައްކަ ގިނަ ވާހަކަ ހުންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވެ ޓުވީޓު ކުރެއްވީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް ސޯލިހު ކެމްޕެއިން ކުރައްވަމުންދާ ވަގުތެއްގަ އެވެ. އިމްރާން އަކީ ރައީސް ސޯލިހުގެ ފެކްޝަންގެ ބޭފުޅެކެވެ.
އިމްރާން ވިދާޅުވީ އިންތިހާބު ގާތްވާވަރަކަށް ދައްކާނެ ލައްކަ ގިނަ ވާހަކަ ހުންނާނެ ކަމަށެވެ. އިމްރާން އިޝާރާތް ކުރެއްވީ ކާކަށް ނުވަތަ ކޮން ބަޔަކަށް ކަމެއް ވެސް ސާފެއް ނުވެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އިމްރާންގެ ޓުވީޓު އަމާޒުވަނީ ރައީސް ނަޝީދަށް ކަމުގަ އެވެ.
"ޖަޖް ކުރައްވާނީ ހަމަ ވޯޓް ދޭން ތިއްބަވާ ބޭފުޅުންނެވެ." އިމްރާން ވިދާޅުވި އެވެ.
އިމްރާންއަކީ ފަހަކަށް އައިސް އެކި އެކި ކަންކަމުގައި ވަރަށް ގިނައިން ޓުވީޓު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް އިމްރާންގެ ޓުވީޓުތަކަށް މީހުން ވަރަށް ގިނައިން ރައްދު ދެ އެވެ.
ވޭޕް ކުރުމާ ބެހޭގޮތުން ކުރެވޭ ބައެއް ކުށްހީތަކާއި އޭގެ ހަގީގަތް!
"ޖަރުމަނަކީ މިހާރު އެންމެ މަތީ ފަންތީގެ ޓީމެއް ނޫން"
އަދުހަމްގެ މަރަން ހައިކޯޓުން ވެސް ތާއީދުކޮށްފި