ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމާ ގުޅޭގޮތުން އަދާލަތު ޕާޓީން އެމްޑީޕީއާއެކު މަޝްވަރާ ކޮށްފި އެވެ.

އަދާލަތު ޕާޓީން އެމްޑީޕީއާއެކު މަޝްވަރާކޮށްފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއަށް ތާއީދުކޮށް، ކޯލިޝަން ހެދުމަށް ސަރުކާރުގައި މިހާރު ހިމެނޭ ޕާޓީތަަކަށް ދައުވަތު ދެއްވުމާއި ގުޅިގެންނެވެ. އަދި އަދާލަތު ޕާޓީ އިން ކޯލިޝަން ހެދުމުގެ ކުރިން އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ކުރިއަށް އެ ޕާޓީން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށް ގައުމީ މަޖިލިހުން ރޭ ނިންމުމާފައިވެ އެވެ.

އަދާލަތު ޕާޓީން ބުނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހުގެ ދައުވަތަކަށް، އެ ޕާޓީއާއެކު މަޝްވަރާކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައި ވާތީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމާ ގުޅޭގޮތުން އެމްޑީޕީއާއެކު މިއަދު މަޝްވަރާކުރެވުނު ކަމަށެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު "ހުރިހާ"އަށް މިރޭ ވިދާޅުވީ އެމްޑީޕީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރީ އަދާލަތު ޕާޓީގެ ހުރި ކަންބޮޑުވުންތަކާއި ކަންކަން ހައްލުކުރުމަށް އެ ޕާޓީއަށް ފެންނަ ގޮތްތަކާ ގުޅޭގޮތުންނެވެ.

ނަޒީރު ވިދާޅުވީ މަޝްވަރާއަށް ދިޔައީ ވަރަށް އިޖާބީކޮށް ކަމަށާ އެހެން ނަމަވެސް އަދި ހުރިހާ ކަމަކަށް ސީދާ އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ.

ރައީސް ސޯލިހު ކޯލިޝަންގައި ހިމެނޭ ޕާޓިތަކަށް ފޮނުއްވި ސިޓީގައި ވަނީ މިހާރު ވެސް ކޯލިޝަންގައި ހިމެނޭ ޕާޓިތަކާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސްގެ ސިޓީފުޅެއް ކޯލިޝަންގެ ޕާޓީތަކަށް ފޮނުއްވިއިރު އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނީ ކޯލިޝަނަކާއެކު ކަމަށް ރައީސް ވެސް ވަނީ ވިދާޅުވެފައި އެވެ. އަދި ކޯލިޝަނަކާ އެކު އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕާޓީތަކާ އެކު މަޝްވަރާ ކުރުމުގެ ބާރު ވަނީ އެމްޑީޕީން ރައީސް ސޯލިހަށް ދެއްވާފައި އެވެ.